މުލީ ހޮސްޕިޓަލުގެ 171 މިލިއަންގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ.

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒު ފައްޓަވައި ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، މުލީ އެއާޕޯޓު ހުޅުވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި އެވެ. 

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. 

ގާތްގަނޑަކަށް 171 މިލިއަން ރުފިޔާގެ މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެ ތެރޭގަ އެވެ. މި މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ.

ހޮސްޕިޓަލްގެ އާ އިމާރާތުގައި ކޮންސަލްޓޭޝަން ރޫމް، އޮޕަރޭޝަން ތިއޭޓަރު، އީއާރް، އެންއައިސީޔޫ، ކުޑަކުދިންގެ ވޯޑް، ޑެންޓަލް، ފިޒިއޮތެރަޕީ، ރޭޑިއޮލޮޖީގެ އިތުރުންވެސް ގިނަ ހިދުމަތްތަކެއް ހިމެނެ އެވެ. މީގެއިތުރުން ޕްރައިވެޓް ރޫމްތަކާއި، މީޓިން ރޫމް އަދި ކުޑަކުދިން ކުޅޭ އޭރިއާއެއްވެސް ހިމެނޭނެ ކަމަށް ސަރުކާރުން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.