އެލައިޑަށް 40 އަހަރު | ކަސްޓަމަރުންނާއެކު ކުލަގަދަ ހަފުލާއެއް

މި އިވެންޓުގައި އެ ކުންފުނީގެ އެލައިޑް އިންޝުއަރަންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މި އަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް ވަނީ ކަސްޓަމަރުންނާއި ހިއްސާކޮށްފަ އެވެ.

"އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް" ގެ ނަމުގައި ޖެން ހޮޓެލްގައި ހާއްސަ އިވެންޓެއް ކުރިއަށް ގެންގޮސްފި އެވެ. 

ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ހާޒިރުގައި އިއްޔެ ކުރިޔަށްގެންދިޔަ މިއިވެންޓް ހާއްސަކޮށްފައިވަނީ އެލައިޑުގެ ދިގު ކާމިޔާބު މާޒީގެ ފަހަތުގައިވާ އަގުހުރި ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެފަރާތްތަކާއި އެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކުރުމަށެވެ. 

އެލައިޑުން ބުނީ މި އިވެންޓުގައި އެ ކުންފުނީގެ އެލައިޑް އިންޝުއަރަންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މި އަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް ވަނީ ކަސްޓަމަރުންނާއި ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ކްރިޓިކަލް އިލްނެސް ކަވާ ސައިބާ އިންޝުއަރަންސް ކަވާ އަދި އެމްޕްލޯޔަސް ލައިބިލިޓީ ކަވާ ހިމެނެ އެވެ.

މި ޕްލޭންތަކާއި ގުޅޭގޮތުން އެލައިޑުން ބުނެފައިވަނީ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މި ޕްލޭންތަކުގެ ޒަރިއްޔާ އިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއްކަމުގައި އެލައިޑުން ވަނީ ފާހަގަކޮށްފައެވެ.

މި އިވެންޓްގައި އެލައިޑުންވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ރީބްރޭންޑްކޮށް "އެލައިޑް ތަކާފުލް"އަށް ބަދަލުކޮށްފައެވެ. ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ މިގޮތްޕައް މިއަހަރު ވަނީ 11 އަހަރު ފުރިފައެވެ.

ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ އިވެންޓްގައި އެލައިޑުން ވަނީ މިއިވެންޓްގެ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފަ އެވެ. މިއީ 150،000 ރުފިޔާގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ މިޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. ހަމައެއާއި އެކު އިވެންޓްގެ ބައިވެރިންގެ ތެރެއިން ނަސީބު ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އެލައިޑުން ވަނީ އެއް އަހަރުގެ ދުވަހުގެ ވާލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އޫއެސްއޭ އާއި ކެނެޑާ ނުހިމެނޭގޮތަށް) ވެސް ހަދިޔާކޮށްފަ އެވެ.

މި ޕްލޭނުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ސިއްހީ ފަރުއާއަށްދާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބެއެވެ. "އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް" ނިންމާލާފައިވަނީ އެންމެހާ ބައިވެރިންނަށް ހާއްސަ މެންދުރުގެ ކެއުމަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.