މީމު އެއާޕޯޓް ހުޅުވަން ރައީސް މުއްޔަށް

ރައީސް މުއިއްޒު މުއްޔަށް ކުރައްވާ އެއް ދުވަހުގެ މި ދަތުރުފުޅުގައި މި އެއާޕޯޓް ހުޅުވުމުގެ އިތުރުން، މުލި-ނާލާފުށި ކޯސްވޭގެ މަސައްކަތް ވެސް އިފްތިތާހު ކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މުއްޔަށް ފުރާވަޑައިގަންނަވަނީ --

މީމު އަތޮޅުގައި ހެދި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މުއްޔަށް ފުރާވަޑައިގެންފި އެވެ.

ސަރުކާރު ކުންފުނި އެމްޓީސީސީ އިން ތަރައްގީ ކުރި މުލީ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓުގެ ގޮތުގައި މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެއް ޖައްސާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

މި އެއާޕޯޓްއަކީ މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މުލީ އެއާޕޯޓުގެ ރަންވޭއަކީ 1،200 މީޓަރު ފުޅާ 30 މީޓަރު ދިގު ރަންވޭ އެކެވެ. މި މަޝްރޫއަށް ސަރުކާރުން ޖުމްލަ 300 މިލިއަން ރުފިޔާ ހޭދުކުރި އެވެ.

ރައީސް މުއިއްޒު މުއްޔަށް ކުރައްވާ އެއް ދުވަހުގެ މި ދަތުރުފުޅުގައި މި އެއާޕޯޓް ހުޅުވުމުގެ އިތުރުން، މުލި-ނާލާފުށި ކޯސްވޭގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން މުއްޔާއި ނާލާފުށީގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.