ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން ޖުޑިޝަރީގެ މިނިވަންކަމާމެދު އދ. އިން ސުވާލު އުފައްދައިފި

އެ އޮފީހުގެ ތަރުޖަމާނު ޖެރެމީ ލޯރެންސް ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމާއި ހިމާޔަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހަނދާން ކޮށްދެއްވައިފަ އެވެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު --

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅިގެން، ތިން ބާރު ވަކިވެފައި އޮންނަންޖެހޭ ނިޒާމެއްގައި، ޖުޑީޝަރީގެ މިނިވަންކަމާމެދު އދ.އިން ސުވާލު އުފައްދައި، ކަންބޮޑުވުންފާޅުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައި ވަނީ ދެ ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީން ހިންގި ތަހުގީގަށްފަހު އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އެވެ.

މިކަމާ ގުޅިގެން، އދ.ގެ ހިއުމަން ރައިޓްސް އޮފީހުން ބުނީ، ހާއްސަކޮށް މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ބަލަން ތައްޔާރުވެފައި ވަނިކޮށް، ދެ ފަނޑިޔާރުން ވަކިކުރުމުން، ޖުޑީޝަރީގެ މިންވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެ އޮފީހުގެ ތަރުޖަމާނު ޖެރެމީ ލޯރެންސް ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމާއި ހިމާޔަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހަނދާން ކޮށްދެއްވައިފަ އެވެ.

"ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، [އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭ ގޮތަށް] ޗެކް އެންޑް ބެލެންސް ނިޒާމެއް ގާއިމުކޮށްދީ، ހާއްސަކޮށް ޖުޑީޝަރީގެ މިނިވަން ކަށަވަރު ކޮށްދިނުމަކީ، ދައުލަތުގެ ހުރިހާ އިދާރާތައް ގާނޫނުތަކަށް ފުރިހަމައަށް ތަބާވެ، އިންސާނީ ހައްގުތައް ވެސް ހިމާޔަތް ކޮށްދިނުމުގައި ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

އދ.އިން ކަންބޮޑުވުންފާޅުކޮށްފައިވިޔަސް، ރާއްޖޭގެ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމުގެ ޔަގީންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ދެއްވައިފަ އެވެ.

ބޭރު ދުނިޔޭގެ ފަރާތްތަކަށް އެގޮތަށް ވިސްނިފައި ވަނީ އިދިކޮޅު ފަރާތްތަކުން ދެމުންދާ ދޮގު މައުލޫމާތުތަކުގެ މައްޗަށް ކަމަށް ދޭހަވާ ގޮތަކަށް އެ ޕޯސްޓުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އިދިކޮޅުގެ ޒިންމާދާރު ފަރާތްތަކުން ބައިނަލްއަގުވާމީ ފަރާތްތަކަށް ތެދު ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.