ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް 85,109 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 74,608 ޓޫރިސްޓުންގެ އަދަދުން ބަލާނަމަ 14.1 ޕަސެންޓުގެ އިތުރުވުމެކެވެ.
އަންނަ މަހުގެ މެދުތެރޭގައި ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް 915,853 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެހެންވެ އެއް މިލިއަން ހަމަވާން އަންނަން ޖެހެނީ ގާތްގަނޑަކަށް 84،000 ޓޫރިސްޓުންނެވެ.
މިހާރު ދުވާލެއްގެ މައްޗަށް އަންނަނީ 6،000 ޓޫރިސްޓުންނެވެ. ޓޫރިސްޓުންގެ އަދަދު ދަށްކޮށް 3،000 އަށް ބެލިނަމަވެސް އަންނަ މަހުގެ މެދުތެރޭގައި ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް 85,109 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 74,608 ޓޫރިސްޓުންގެ އަދަދުން ބަލާނަމަ 14.1 ޕަސެންޓުގެ އިތުރުވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރިސޯޓްތަކުގައި މިހާތަނަށް 651,125 ޓޫރިސްޓުން ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ އަދަދު ހުރީ 214,306 ގަ އެވެ. އަދި ހޮޓާތަކުގައި 27,049 ޓޫރިސްޓުން އަދި ސަފާރީތަކުގައި 22,785 ޓޫރިސްޓުން ޗުއްޓީ ހޭދަކުރެ އެވެ.
ރާއްޖެ އަށް މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު 2.3 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.