މި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފަ އެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިންގާފައި ވަނީ ހިޔާގެ އެޗް11 ފްލެޓް ކައިރީ ރޭ 11:51 ހާއިރު ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފަ އެވެ. އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިންގި މީހުން ދެ ފޯނު ވެސް ފޭރިގެންފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.