އެމްޑީ ޝިމަދު ވަނީ މާގިރިފަޅަށް ފުނަދޫ ތެޔޮ ފެސިލިޓީ ބަދަލުކޮށްފިނަމަ 40 އަހަރުގެ ދުރުރާސްތާއަށް ބަލާއިރު އިތުރު ކެޕޭސިޓީގެ މައްސަލަ ކުރިމަތިވާނެ ކަމަށް ވިދާޅުވެފަ އެވެ.
ދުރަށް ވިސްނާފަ އަންނަނާނެ ޑިމާންޑަށ ބަދަލައި މާގިރި ފަޅުގެ ބަދަލުގައި ފުނަދޫ ތެޔޮ ފެސިލިޓީ ތިލަފުއްޓަށް ބަދަލު ކުރަން ނިންމައި ހުޅުމާލެ ސްމާޓް ސްޓޯރު ހުރިތަނުގައި ފާމަސީއެއް ނުވަތަ ބޭސް ނަމްބަރެއް ހަދަން ނިންމައިފި އެވެ.
ސަރުކާރާއެކު މަސައްކަތްކޮށް ކުރިން ވަނީ ކ. މާގިރިފަޅަށް ފުނަދޫ ތެޔޮ ފެސިލިޓީ ބަދަލު ކުރަން ބައެއް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ބަދަލު ކުރިކަން ރޭ ހާމަކުރައްވަމުން އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވީ މާގިރިފަޅުގެ ބަދަލުގައި ތިލަފުށީގައި ތެޔޮ ވަސީލަތް ގާއިމް ކުރަން ނިންމީ 40 އަހަރު ތެރޭގައި އަންނާނެ ބަދަލަށް ބެލުމަށްފަހު އެވެ.
"މާގިރިފަޅު ކުރިއަށް އޮތް 30 ނޫނީ 40 އަހަރަށް ބަލާއިރު ކުޑަވާނެ. އެހެންވެ ތިލަފުށްޓަށް ބަދަލު ކުރަން ނިންމައި ޑެންމާކް ކުންފުންޏަކާ ހަވާލުކޮށްގެން އަންނަ މަހު ކޮންސެޕްޓް ލިބޭނެ،" ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯ އިން މީގެ އިތުރުން ވަނީ ބޭސް ލިބުމުގައި ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ވެސް މުހިންމު ބަދަލު ތަކެއް ގެންނަން ނިންމާފަ އެވެ. މިގޮތުން ހުޅުމާލެ އާއި މާލޭގައި އިތުރު ބޭސް ފިހާރަތައް ހަދަން ނިންމާފައިވެ އެވެ. މިގޮތުން ކުރިން އެސްޓީއޯއިން ސްމާޓް ސްޓޯރުގެ ނަމުގައި ހުޅުމާލޭގައި ހުޅުވި ފިހާރަ ހުރިތަނުގައި ރަނގަޅު ފެންވަރުގެ ބޭސް ފިހާރައެއް ހުޅުވަން ވެސް ނިންމާފައިވެ އެވެ.
އެމްޑީ ޝިމާދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ފާމަސީއަށް ބަދަލުކޮށް އަލުން ހުޅުވާނެ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލަށްދާ ބަލި މީހުންނަށް ރަނގަޅު ފެންވަރެއްގެ ފާމަސީއެއްގެ ހިދުމަތް ދެވެން ނެތީމަ، އެކަމާ ގުޅިގެން އަންނަ ޝަކުވާތަކާ ގުޅިގެން ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ. އަމާޒަކީ ބޭސް ހުސްނުވެ ކޮލިޓީ ބޭސް ލިބޭނެ ގޮތެއް ހެދުން،" ޝިމާދު ވިދާޅުވި އެވެ.
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ވަނީ 770 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓުގެ ދަަށްވުމެކެވެ.