ގުޅިފަޅުގެ ހިއްކި ސަރަޙައްދަށް ގޯތިތައް ބަދަލުކޮށް، މި މަހު ރަޖިސްޓްރީ ދޭން ފަށަނީ

މި ގެނެވުނު ބަދަލާއެކު، މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދަށް ވަނީ ބަދަލު ކުރެވިފަ އެވެ.

ކ. ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު ހިއްކާ ނިންމާލާފައި

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން، މާލޭގެ ރައްޔިތުންނަށް ގުޅިފަޅުން ދޭން ނިންމާފައިވާ ބައެއް ގޯތިތައް، މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ބަދަލުކޮށް، އެ ގޯތިތަކުގެ ރަޖިސްޓްރީ މި މަހުގެ ތެރޭގައި ދޭން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން ކުރީގެ ސަރުކާރުގައި އެންމެ ފުރަތަމަ އިއުލާނު ކުރިއިރު އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތް ކަމަށެވެ.

އެހެންކަމުން، އެ ޕްލޭން މި ސަރުކާރުން ބަދަލުކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާ ޕްލޭނެއް އިއުލާނުކޮށް، އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ވަނީ ބާއްވާފައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، މުއްތަލިބު ވިދާޅުވީ އެންމެ ފުރަތަމަ އެކުލަވައިލި ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަޙައްދުން ގޯތި ލިބިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު

މިގޮތުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

"ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފަ އެވެ،" މުއްތަލިބު ވިދާޅުވި އެވެ.

މި ގެނެވުނު ބަދަލާއެކު، މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދަށް ވަނީ ބަދަލު ކުރެވިފަ އެވެ.

އަދި މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާތްالله ގެ އިރާދަފުޅާއެކު މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެ އެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހާވާލު ކުރެވޭނެ އެވެ،" މުއްތަލިބު ވިދާޅުވި އެވެ.

މިއީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.