އެމްއެމްޕީއާރުސީން ދަނީ ދިވެހި ކުންފުނިތަކާއެކު ރާއްޖެ ޕްރޮމޯޓް ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖެ އިސްތިހާރު ކުރަން ކުރަމުން ގެންދާ މަސައްކަތް ފުޅާކުރަން އެމްއެމްޕީއާރުސީ އާއި ލެޓްސްގޯއާ ދެމެދު ސޮއިކޮށްފި އެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޑެސްޓިނޭޝަން މެނޭޖުމަންޓް (ޑީއެމްސީ) ގެ ގޮތުގައި ލެޓްސްގޯ އާއި އެމްެއެމްޕީއާރުސީން ހެދި އެމްއޯޔޫއަކީ ދިވެހި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެ ކުންފުންޏާއި އެމްއެމްޕީއާރުސީން ގުޅިގެން މަސައްކަތް ކުރަން ކުރި ސޮޔެކެވެ.
މި ސޮޔާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖެ އިސްތިހާރު ކުރަން ކުރަމުން ގެންދާ މަސައްކަތް އެމްއެމްޕީއާރުސީން ފުޅާ ކުރާނެ އެވެ.
މި އެމްއޯޔޫއާ ބެހޭ ގޮތުން ލެޓްސްގޯ މޯލްޑިވްސްގެ ސީއިއޯ ކޯފައުންޑަރު މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ވުމުން އެންމެ އިސްކަމެއް ދޭނީ އެންމެ ފުރަތަމަ ވެސް ރާއްޖެއަށް ކަމަށާ އެންމނެ ބޮޑަށް އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިނަށް ފައިދާހުރި ގޮތްތަކެއް ހޯދައި ދިނުމަށެވެ. "މި އެއްބަސްވުމުގެ ސަބަބުން ކުރާ މަސައްކަތްތަކުން ރާއްޖެއަށް އިތުރު އާމްދަނީ ހޯދައި ދެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ އާއި ލެޓްސްގޯއިން އެމްއޯޔޫއެއްގައި ސޮއިކުރިއިރު އެ ކުންފުނިގެ ދަށުން މަސައްކަތް ކުރަން ދާދިފަހުން ވަނީ "ފީލް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް އޮތް ދެ އަހަރު ޓޫރިޒަމް ޕްރޮމޯޓް ކުރަން ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފަ އެވެ.
ކުރިން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވި ފީލް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ބައްސާމް ވިދާޅުވީ ކުރިން އެމްއެމްޕީއާރުސީގައި މަސައްކަތް ކުރި ދުވަސްވަރު އެނގިގެން ދިޔަ ކަމަކީ އަމިއްލަ ފަރާތްތްކާއެކު ގުޅީގެން އެ ކުންފުނި މަސައްކަތް ކުރަން ޖެހޭކަން ކަމަށެވެ. މި އެމްއޯޔޫއާއެކު ރާއްޖެ އިސްތިހާރު ކުރަން އާ ފުރުސަތުތައް ހޯދަން މަސައްކަތް ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން އިން ދަނީ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތް ކުރަމުންނެވެ. މިގޮތުން ދާދިފަހުން ވަނީ ރިސޯޓްލައިފް ކުންފުންޏާއެކުވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
ލެޓްގޯ ގެ ސީއީއޯ ބައްސާމް ތީހަމަ ތަރިއެކެވެ،