ބަޖެޓުގެ ހަރަދުން 22 ޕަސެންޓް ކުޑަކޮށްފި

ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މާރިޗު އަށެއްގެ ނިޔަލަށް ހަަރަދު ހުރީ 17,4 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ މި އަދަދު ވަނީ 15.6 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- މަޖިލިސް

މި އަހަރު ހަރަދު ކުރަން ރައްޔިތުން މަޖިލީހުން ފާސްކޮށް ދިން ބަޖެޓުގެ ހަރަދުން 22 ޕަސެންޓް ކުޑަކޮށްފި އެވެ. 

ފިނޭންސް މިނިސްޓްރީން ނެރޭ ހަފުތާގެ މާލީ ހިސާބު ނުވަތަ ވީކްލީ ފިސްކަލް ޑިވްލޮޕްމަންޓް (ޑަބްލިއުއެފްޑީ) ގެ މާޗު އަށެއްގެ ނިޔަލަށް އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުމްލަ ބަޖެޓުން 17,4 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 15.6 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 22 ޕަސެންޓުގެ ކުޑަވުމެވެ. 

މި އަހަރުގެ ހަރަދު ބަޖެޓުން ރިކަރަންޓް ހަރަދުގެ ގޮތުގައި 12.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ ރިކަރަންޓް ހަރަދު ހުރީ 15.7 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ މިބައިންވެސް ވަނީ 27 ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ. ރިކަރަންޓް ހަރަދުގެ ބައިން މަތިވެފައިވަނީ މުސާރަ ދިނުމަށް ކުރި ހަރަދުތަކެވެ.، މުސާރަ އާއި އިނާޔަތް އަދި ޕެންޝަންގެ ބަޔަކަށް މި އަހަރު 4.8 ބިލިއަން ހަރަދުކޮށްފައިވެފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މިބައިގެ ހަރަދު ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ. އެޑްމިން ހަރަދުތައް މި އަހަރުގެ މިހާތަނަށް 7.3 ބިލިއަން ރުފިޔާއިން 6.4 ބިލިއަން ރުފިޔާއަށް ކުޑަވެފައިވާ ކަމަށް ދައްކަ އެވެ. 

ޑަބްލިއުއެފްޑީ ދައްކާ ގޮތުގައި އެންމެ ބޮޑުތަނުން ދަށްވެފައިވަނީ ކެޕިޓަލް ހަރަދުތަކެވެ. މި އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި އެއް ބިލިއަން ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ކެޕިޓަލް ހަރަދު ހުރީ ތިން ބިލިއަން ރުފިޔާގަ އެވެ. 

މިހާތަނަށް ތިން ބިލިއަން ރުފިިޔާ އަރަނި

ފިނޭންސުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ބަދަލާއެކު ބަޖެޓުން މިހާތަނަށް 3.6 ބިލިއަން ރުފިޔާ ވަނީ އަރަނިވެފަ އެވެ. އަދި ބަޖެޓު އަރަނިވެފައިވާއިރު މިހާތަނަށް ލޯނު ދައްކަން ބޮޑު ހަރަދެއްކޮށްފައިވެ އެވެ. މިގޮތުން މިދިޔަ އަހަރު 955.2 މިލިއަން ރުފިޔާގެ ލޯނު ދެއްކިއިރު މި އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވެ އެވެ. އަދި ސޮވްރިން ފަންޑ (އެސްޑީއެފް) ގައި ފަހަށް ރައްކާ ކުރަން 681.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އަދި ޕީއެސްއައިޕީއަށް 1,051.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ކައުންސިލް ހިންގަން ބަޖެޓުން 717.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.