ފޯބްސްގެ މެދުއިރުމަތީގެ 100 މަހުޖަނުން | ގަދަ 10 ގައި އިތާފުށީގެ ގަތަރު އޯނަރުން

ފޯބްސް މަޖައްލާގެ ލިސްޓުގެ 10 ވަނާގައި ހިމެނޭ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގެ ދެ ބެއިން ވަނީ ރާއްޖޭގައި ގިނަ ފޮރިން އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. މިވަގުތުވެސް ބިޔަ ދެ ރިސޯޓް މަަޝްރޫއު ހިންގަމުން ދެ އެވެ.

ފޯބްސް ލިސްޓުގެ 10 ވަނާގައި ހިމެނިފައިވާ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގެ ދެ އޯނަރުން ކަމަށްވާ ގަތަރުގެ މައުތާޒް އަލް ޚައްޔާތު އާއި ރަމީޒް އަލް ޚައްޔާތު -- ފޯބްސް

މަޝްހޫރު ފޯބްސް މަޖައްލާ އިން ހޮވި އަރަބި މަހުޖަނުންގެ އާއިލާގެ ލިސްޓުގައި ރާއްޖޭގެ ވޮލްޑޯފް އެސްޓޯރިއާ ރިސޯޓް ހިންގާ ގަތަރު އޯނަރުންގެ ދެ ބެއިން ހިމެނިއްޖެ އެވެ. 

ފޯބްސް އިން ބުނެފައިވާ ގޮތުގައި މި ލިސްޓުގައި ހިމަނާފައިވާ މި ވިޔަފާރިތަކުގެ ދަރިފަސްކޮޅު ތާރީޚީ ގޮތުން  1800 ގެ އަހަރުތަކާއި 1950 ގެ ކުރިއާ ހަމައަށް ދެމިގެން ގޮސްފައިވެ އެވެ. މި އަހަރު ފޯބްސް އިން އެކުލަވާލި މި ލިސްޓުގައި ގަލްފް އަރަބް ކަންޓްރީން (ޖީސީސީ) ގައި ސައުދީ އަރަބިއްޔާގެ 33 ކުންފުންޏަކާއި ޔޫއޭއީގެ 32 ކުންފުންޏެއްގެ އިތުރުން ގަތަރުގެ އަށް ކުންފުންޏެއް ވެރިން ހިމެނެ އެވެ. މި ރޭންކިންގެ އެއްވަނައިގައި އޮތީ ސައުދީ އަރަބިއްޔާގެ އަލް މުހައިދީބް ގްރޫޕެވެ. 

ފޯބްސް މަޖައްލާ އިން ހޮވި ލިސްޓުގައި މެދުއިރުމަތީގެ ޝާހީ އާއިލާތަކަށް ނިސްބަތްވާ އެންމެ މުއްސަނދި މަހުޖަނުން ހިމެނެ އެވެ. މި ލިސްޓުގެ 10 ވަނާގައި އޮތީ ރާއްޖޭގައި ހިންގާ އެންމެ ލަގްޒަރީ އެއް ރިސޯޓް ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގެ ދެ އޯނަރުން ކަމަށްވާ ގަތަރުގެ މައުތާޒް އަލް ޚައްޔާތު އާއި ރަމޭޒް އަލް ޚައްޔާތު އެވެ. މި ބިޔަ ފޮރިން އިންވެސްޓްމަންޓުގައި ގަތަރުގެ ދެ ދެބެއިންގެ އިތުރުން ދިވެހި އޯނަރެއްގެ ގޮތުގައި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. 

ވޮލްޑޯފް އެސްޓޯރިއާ ރިސޯޓުގެ ދެބެއިންގެ ހިއްސާ އޮންނަ ކުންފުންޏަކުން ރާއްޖޭގައި މިހާރުވެސް ގިނަ އިންވެސްޓްމަންޓްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިއްކާލި ވާރެއްދޫ ފަޅު ބައްލަވައި ގަތީ މި ދެބެއިންނެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވަޑައިގެން ގަސް އިންދުމުގެ ގައުމީ މަޝްރޫއެއް ފެއްޓެވި ފޯޒްވުޑްގެ ރިސޯޓަކީ ވެސް މި ދެބެހެންގެ ހިއްސާ އޮންނަ ބޮޑު އިންވެސްޓްމަންޓެކެވެ.

އިތާފުށި ރިސޯޓުގެ ދެ އޯނަރުން ނިސްބަތްވާ ޕަވާ އިންޓަނޭޝަނަލް ހޯލްޑިންގް (ޕީއައިއެޗް) ކުންފުންޏަކީ ދުނިޔޭގެ 19 ގައުމެއްގައި 400 އަށްވުރެ ގިނަ ކުންފުނި ހިންގަމުން ގެންދާ ބޮޑު މަލްޓި ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. މި ކުންފުނިން އެނާޖީ ސެކްޓަރުގެ އިތުރުން ހޮސްޕިޓާލިޓީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.