ޗައިނާ ޓޫރިސްޓުންގެ އަދަދު އެއް ލައްކައަށްވުރެެ މައްޗަށް

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް 101,814 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ 11 ޕަސެންޓް ހިއްސާ ވަނީ އެ ގައުމުން އަންނަ ޓޫރިސްޓުންނެވެ.

ރާއްޖެ އައި ޗައިނާ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- މިރާ

ރާއްޖެއަށް އެންމެ ގިނައިން އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު އެއް ލައްކައަށްވުރެ މައްޗަށް ޖެހިލައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް 101,814 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ 11 ޕަސެންޓް ހިއްސާ ވަނީ އެ ގައުމުން އަންނަ ޓޫރިސްޓުންނެވެ. 

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް

  •  ޗައިނާ - 101,814
  •  ރަޝިއާ - 96,192
  •  ޔޫކޭ - 92,436
  •  އިޓަލީ - އ
  •  ޖަރުމަނުވިލާތް - 68,537
  •  އިންޑިއާ - 47,830
  •  ފްރާންސް - 32,996
  •  އެމެރިކާ - 28,091
  •  ސުވިޒަލޭންޑް - 21,135
  •  އޮސްޓްރޭލިއާ - 15,993

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ރަޝިއާއިން 96,192 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޔޫކޭއިން 92,436 ޓޫރިސްޓުން އަދި އިޓަލީއިން 79,124 ޓޫރިސްޓުން އައިސްފައިވެ އެވެ. 

އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 893,575 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 826,582 އައިސްފައިވާ ޓޫރިސްޓުންނާ އަޅާބަލާއިރު 8.1 ޕަސެންޓުގެ އިތުރުވުމެކެވެ. 

ރާއްޖެއަށް މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި އަހަރެވެ. އަދި ސަރުކާރުން ވަނީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެއް ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.