ޕީޖީ އޮފީހުގެ އިސް ދެ މަގާމަށް ވަކީލުން އައްޔަނު ކޮށްފި

އައިޝަތު އެ މަގާމު ފުރުއްވާނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި މިހާރު ވެސް ހުންނެނި މަހްމޫދް ސަލީމާއި އެކު އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރި އައިޝަތު މުހައްމަދު --

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް ދެ މަގާމަށް ވަކީލުން އައްޔަނު ކޮށްފި އެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ ދަށުން މަސައްކަތް ކުރާ އިސް ދެ މަގާމަކަށް ވަކީލުން ވަނީ އައްޔަނުކޮށްފަ އެވެ.

އެގޮތުން ޕީޖީ ވަނީ ޑެޕިއުޓީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އާއި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަކީލުން އައްޔަނުކުރައްވާފަ އެވެ. އެއީ؛

  •  ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝާ މުހައްމަދު
  •  އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޕަބްލިކް ޕްރޮސެކިއުޓާ ހުސެއިން ސާމީ

ދައުލަތުގެ ވަކީލް އައިޝަތަކީ ޑިސެމްބަރު 14، 2011 އިން ފެށިގެން އެ އޮފީހުގައި މަސައްކަތް ކުރައްވާ ވަކީލެކެވެ. އޭނާއަކީ އެ އޮފީހުގެ އެންމެ ދުވަސްވީ ވަކީލުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އައިޝަތު އެ މަގާމު ފުރުއްވާނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި މިހާރު ވެސް ހުންނެނި މަހްމޫދް ސަލީމާއިޖު އެކު އެވެ.

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރެއްވި ސާމީ އެ އޮފީހުގައި މަސައްކަތް ކުރައްވަމުން ދަނީ ޖުލައި، 2018 އިން ފެށިގެންނެވެ. ސާމީގެ އިތުރުން އެ މަގާމުގައި އިތުރު ހަތަރު ވަކީލަކު ތިއްބަވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.