އާ ތެލެސީމިއާ ސެންޓަރު ނިންމައި މިނިސްޓްރީއާ ހަވާލުކޮށްފި

ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ފެންވަރު ރަގަޅު ކުރުމަކީ ގައުމީ މަސައްކަތެއް ކަމަށެވެ. ސިފައިންނާ މި މަސައްކަތް ހަވާލުކުރެއްވީވެސް އެސަބަބާހުރެ ކަމަށާއި، މިއީ ވަރަށް އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ.

ހުޅުމާލޭ އޮރެންޖްހިޔާގައި ގާއިމްކުރި ތެލެސީމިއާ ސެންޓަރުގައި އޮފިސަރުންތަކެއް ލޭ ހަދިޔާ ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ސިފައިންނާ ހަވާލުކޮށްގެން ގާއިމްކުރި އާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި، ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ސިފައިންގެ އިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ހުޅުމާލޭ އޮރެންޖްހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެޔާއެކު ޒަމާންތަކެއްވަންދެން މާލޭގެ ދަމަނަވެށީގައި ހިންގި ތެލެސީމިއާ ސެންޓަރު ވަނީ ބަންދު ކޮށްފަ އެވެ. އެތަނުގެ ފެންވަރު ދަށްކަމުން، އެތަނުން ފަރުވާ ހޯދަމުންދާ ފަރާތްތައް މުޒާހަރާ ކުރުމުން ރައީސް ވަނީ މިދިޔަ މާޗް މަހު އެތަނުގެ ހާލަތު ބައްލަވާލަން ވަޑައިގެންފަ އެވެ. ހާލަތު ބެއްލެވުމަށްފަހު އެތަން، ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް ނިންމައި، އެ މަސައްކަތް ސިފައިންނާ ހަވާލުކުރެއްވި އެވެ.

މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހުގެ ކުރިން އާ ސެންޓަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުރިން ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލޭ އޮރެންޖްހިޔާގައި ގާއިމްކުރި ތެލެސީމިއާ ސެންޓަރު -- ފޮޓޯ: އެމްއެންޑީއެފް --

މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ މިތަނަކީ ޒަމާނީ ފެންވަރަށް ގިނަ ވަސީލަތްތަކާއެކު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން ޑީއެންއޭ ޓެސްޓުކުރާ މެސީންތަކާއި އެކިއެކި ސާމްޕަލްތައް ބަހައްޓާނެ ޖާގަ އިތުރުވެގެން ދިއުމާއި އިތުރު ފްރިޖް ފަދަ މުހިންމު ސާމާނު ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ފެންވަރު ރަގަޅު ކުރުމަކީ ގައުމީ މަސައްކަތެއް ކަމަށެވެ. ސިފައިންނާ މި މަސައްކަތް ހަވާލުކުރެއްވީވެސް އެސަބަބާހުރެ ކަމަށާއި، މިއީ ވަރަށް އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ.

ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. އެގޮތުން، އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރުންނާއި އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުން ވަނީ ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.