ޓްރެއިނިންގައި އުޅެނިކޮށް ހާލުދެރަވި ޕޮލިސް ރެކްރޫޓް މަރުވެއްޖެ

އުމުރުން 34 އަހަރުގެ ގާއިސް ހަބަރު ހުސްވެފައި އޮއްވާ ފެނުނީ މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު 4:21 އެހައިކަންހާއިރު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ދ. ވާނީގައި ކުރިއަށްދާ ޕުލުހުންގެ ޓްރެއިނިން ކޯހުގައި އުޅެނިކޮށް ހާލުދެރަވި ޕޮލިސް ރެކްރޫޓް، ހުސައިން ގާއިސްއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ގާއިސް އަކީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރެކެވެ.

އުމުރުން 34 އަހަރުގެ ގާއިސް ހަބަރު ހުސްވެފައި އޮއްވާ ފެނުނީ މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު 4:21 އެހައިކަންހާއިރު އެވެ.

ފުލުހުން ބުނީ ޓްރޭނިންގައި ބައިވެރިވާ ދަރިވަރުންނަށް ފަތިހު ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އޭނާއަށް ގޮވުމުންވެސް ހަބަރެއް ނުވާ ކަމަށެވެ. އޭނާގެ ހަށިގަނޑުގައި ހަރަކާތެއް ވެސް ނެތުމުން، އޭނާ ފުރަތަމަ ގެންދިޔައީ އެރަށުގެ މެޑިކަލް ރޫމަށެވެ.

އެއަށްފަހު ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އެދުވަހު މެންދުރު ފަހު އެއާ އެމްބިއުލާންސްގައި މާލެ ގެނެސް ވެންޓިލޭޓަރުގައި ވަނީ ފަރުވާ ދީފަ އެވެ.

ފުލުހުން ބުނީ ގާއިސް މަރުވެފައި ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

"މަރްހޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވަން. އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ގާއިސްގެ ހާލު ދެރަވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.