ރާއްޖެގައި ބައިނަލްއަގުވާމީ ބިގް ގޭމް ފިޝިން މުބާރާތެއް ބާއްވައިފި

"ބިގްގޭމް ފިޝިން" މުބާރާތުގައި ބޭރުގެ އޭންގްލާސް ހިމެނޭހެން ރާއްޖޭގެ ވަރުގަދަ 8 ޓީމު އަދި ދުބާއީގެ އެއް ޓީމް ވަނީ ބައިވެރިވެެރިވި އެވެ.

ބުރުނު ގޮމަ މުބާރާތުގައި ބައިވެރިވި ޓީމެއް -- އެމްއެމްޕީއާރުސީ

ރާއްޖެ އިސްތިހާރު ކުރުމުގެ ހަަރަކާތެއްގެ ގޮތުން "ބުރުނު ބޮމަ" ގެ ނަމުގައި ބައިނަލްއަޤްވާމީ ކުޅިވަރުގެ މަސްވެރިކަމުގެ މުބާރާތް ބާއްވައިިފި އެވެ. 

ރާއްޖޭގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީން ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމްކޮށްގެން މިމަހުގެ 4-2 ގެ ނިޔަލަށް ކުރިއަށްގެންދާ ތިން ދުވަހުގެ ފޯރިގަދަ ބައިނަލްއަޤްވާމީ "ބިގްގޭމް ފިޝިން" މުބާރާތުގައި ބޭރުގެ އޭންގްލާސް ހިމެނޭހެން ރާއްޖޭގެ ވަރުގަދަ 8 ޓީމު އަދި ދުބާއީގެ އެއް ޓީމް ވަނީ ބައިވެރިވެރިވި އެވެ.

ރާއްޖޭގެ އެންވެރިކަން ރަނގަޅު އެކި ސަރަހައްދުތަކަށް ދަތުރުކޮށް މި 9 ޓީމުން ވަނީ މަސްވެރިކަން ފަށާފައެވެ.

ހޫނު ތަރުހީބަކާއެކު ފޯރިގަދަކޮށް ބުރުނުބޮމަ ފެށިގެން ކުރިއަށްދާއިރު, ޓީމުތަކުން ބޮޑެތި މަސްތަކެއް ބޭނި އެވެ. އޭގެ ތެރޭގައި މުބާރާތުގެ ޓާގެޓް މަސްތަކުގެ ތެރެއިން ފަންގަނޑު ހިބަރާއި ފިޔަލަ އަދި ކަންނެލި ބާނާ ވީޑިއޯ ޓީމުތަކުން އަންނަނީ ހިއްސާކުރަމުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ފުރިހަމަ ޒަމާނީ އުޅަނދުފަހަރުތަކާއި މަސްވެރިކަމަށް ބޭނުންކުރާ އެންމެ ޒަމާނީ އާލާތްތަކުން ރާއްޖޭގައި ކުޅިވަރު މަސްވެރިކަން ކުރިއަރާފައިވާ މިންވަރާއި މިކަމުގެ ކުރިމަގު ވަރަށް ރަނގަޅަށް އަންނަނީ ދައްކުވައިދެމުންނެވެ.

ޓީމުތަކުން މަސްބޭނުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައެވެ. ބައެއް ޓީމުތައް ރާއްޖޭގެ އެންމެ އުތުރު އަތޮޅުތަކުގައި ވެސް އަންނަނީ މަސްވެރިކަން ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.