ޓެރަރިޒަމް ކުށުގެ ސީރިއަސްކަން ގެއްލުވާލައިފި، ނަޝީދަށް އިންސާފު ނުލިބިގެން އުޅެނީ އެހެންވެ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސް އިން ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ވެސް ގޮވާލާލާފަ އެވެ.

ނަޝީދަށް ދިން ހަމަލާއަށްފަހު ރާއްޖޭން ބޭރުގައި ފަރުވާ ހޯއްދަވަމުން ދިޔަ ދުވަސްވަރު --

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއަށް މިއަދަށް ހަތަރު އަހަރު ފުރޭއިރު، އަދިވެސް އެމަނިކުފާނަށް އިންސާފު ނުލިބޭނީ ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އައިއީޑީ ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ.

"އަހަރަކަށްފަހު އަހަރެއް ފާއިތުވެދިއަ އިރު މި މައްސަލާއިގައި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަން،" ޑިމޮކްރެޓް އިން މިއަދު މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލާގައި ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް މިހަމަލާއާ ގުޅިގެން ކުށެއް ސާބިތުކުރެވިފައި ނުވާ ކަމަށެވެ. އަދި މި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައި ނުވާ ކަމަށެވެ.

މާޗް 25، 2024 ގައި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ނަމަވެސް، އޭގެ ފަހުގައި އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަމުގެ ކަންބޮޑުވުން ވެސް އެ ޕާޓީން ވަނީ ފާޅުކޮށްފަ އެވެ.

"މިއީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއްކަމަށް ވިޔަސް، އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު، އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅުއަޅައި އަމަލުކުރުމަށް ހަމަޖެހިފައިވާ ކުށަކަށްވާއިރު، މިކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާކަމަށް ދެކެން. މި މައްސަލާގައި އިންސާފު ގާއިމު ނުކުރެވިވާވުމުގެ އަސްލަކީ ވެސް މިއީކަމުގައި ދެކެން،" އެޕާޓީން ބުންޏެވެ.

މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން 16 ގަޑިއިރުގެ ދިގު ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރަންޖެހުނެވެ. އަދި އޭގެ ފަހުން ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.

ޑިމޮކްރެޓްސް އިން ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ވެސް ގޮވާލާލާފަ އެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ރިމޯޓުން އައިއީޑީ ގޮއްވާލި ކަމަށް އެއްބަސްވެފައިވާ އަހްމަދު އަދުހަމް އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ މިހާރު ދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. ދެން މައްސަލައިގައި ދައުވާކޮށްފައި ތިބި މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެމީހުންގެ ޝަރީއަތް މެދުކެނޑިފައިވާތާ ވަރަށް ދުވަސް ވެއްޖެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.