ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 198,322 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ މަހު އައި 168,366 ޓޫރިސްޓުންނާ އަޅާބަލާއިރު 17.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 17.8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 198,322 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ މަހު އައި 168,366 ޓޫރިސްޓުންނާ އަޅާބަލާއިރު 17.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެ އަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,611 ޓޫރިސްޓުން އަންނަ ކަމަށް ދައްކަ އެވެ. މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ 70 ޕަަސެންޓް ނުވަތަ 601,660 މީހުން ގޮސްފައިވަނީ ރިސޯޓް ތަކަށެވެ. އަދި ގެސްޓްހައުސްތަކުގައި މިހާތަނަށް 202,830 ޓޫރިސްޓުން ގޮސްފައިވެ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ނިޔަލަށް 851,531 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 788,983 ޓޫރިސްޓުންނާ އަޅާބަލާއިރު 7.9 ޕަސެންޓުގެ އިތުރުވުމެކެވެ.