ރާއްޖޭގެ މާލީ ސެންޓަރުގެ 5 ބިލިއަން ޑޮލަރު ވަނީ ޔަގީންވެފަ : އެމްބީއެސް

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ މާލީ ސެންޓަރުގެ މަސައްކަތަކީ 8.8 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ރާއްޖޭގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުން ހިންގާ މަޝްރޫއުގެ މައުލޫމާތު ދެނީ -- ރައީސް އޮފީސް

ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހިއްސާ އޮންނަ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުން ރާއްޖޭގައި މާލީ ސެންޓަރު ހަދަން ބޭނުންވާ ފައިނޭންސުގެ ތެރޭން 5-4 ބިލިއަން ޑޮލަރު މިވަގުތުވެސް ޔަގީންވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފްރީޒޯނެއް ހިމެނޭހެން ރާއްޖޭގައި ތަރައްގީ ކުރާ މާލީ ސެންޓަރުގެ ވާހަކަ ދުނިޔޭގެ ބޮޑެތި ހުރިހާ މާލީ އަދި އިގްތިސޯދީ ނޫހެއްގައި ޖަހާފައިވާއިރު، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ޗީފް އެގްޒެޓިވް ނަދީމް ހުސެއިން ފައިނޭންޝަލް ޓައިމްސް (އެފްޓީ) އަށް ދެއްވާފައިވާ އިންޓަވިއެއްގައި ވިދާޅުވެފައިވާ ގޮތުގައި ފިޔަވަހިތަކަށް ބަހާލައިގެން ރާއްޖޭގައި ކުރާ 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ) ގެ ބިޔަ އިންވެސްޓްމަންޓުގެ ތެރޭން މި ވަގުތު ވެސް 5 ބިލިއަން ޑޮލަރު ވަނީ ޔަގީން ކުރެވިފަ އެވެ. 

ރާއްޖޭގެ ފްރީޒޯން ހަދަން ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި ޔޫއޭއީގައި ގާއިމްކޮށްފައިވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރުވާން އަލްހާޖެރީ އެވެ. މި ހަފުލާގައި ސައުދީ އަރަބިއްޔާ އަދި ބައެއް އެހެން ގައުމުތަކުގެ ގިނަ ވިޔަފާރިވެރިން ވަނީ މި މަޝްރޫއުގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސް މުއިއްޒަށް އެ ބޭފުޅުންގެ ސިޓީ އަރުވާފަ އެވެ. 

މި މަސައްކަތުގެ ދަށުން ރާއްޖޭގައި ހަދާ ފައިނޭންޝަލް ސެންޓަރުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މެލޭޝިއާގެ ލަބުއާން ފައިނޭންޝަލް ސެންޓެވެ. މިއީ 35 އަހަރުވީ ފައިނޭންޝަލް ސެންޓަރެވެ.

މި ސޮޔާ ބެހޭ ގޮތުން އެމްއައިއެފްސީން ބުނީ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމްކުރަން ނިންމާފައިވަނީ 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށެވެ، އަދި މި ތަނަށް ދުވާލަކު 35،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ބަލައިގެންނެވެ. 

މަޝްރޫއުގައި ހިމެނޭ ބައިތައް

  •  3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް
  •  ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގު ފަހިކުރާ ހެކަތޯންތައް ބާއްވާނެ
  •  ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު
  •  މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
  •  ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
  •  މަތީ ފަންތީގެ ފިހާރަތައް
  •  އޯޝަނޮގްރަފިކް މިއުޒިއަމެއް
  •  ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
  •  ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
  •  މިސްކިތެއް
  •  އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް

އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނި ތަކުން ފްރީޒޯން ލިބޭނެ އެވެ. ރާއްޖޭގެ ގާނޫނުތަކުގެ ތެރޭން ލިބޭ އިސްތިސްނާތަކާއެކު އެ ކުންފުނިތަކަށް ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ. އަދި ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.