ބޭރު އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ މާއްދާތައް އިސްލާހުކޮށްފިން: ރައީސް

އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ މާއްދާތައް މަޝްވަރާކޮށްގެން ބަދަލުކޮށް ނޫނީ އިސްލާހުކޮށްފައިވާ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ --

ކުރީގެ ސަރުކާރުގައި ބޭރުގެ އެކި ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާންޖެހޭ ހުރިހާ މާއްދާތައް އެ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ބަދަލުކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުންތަކުގައި މިހާރު ކަންބޮޑުވާންޖެހޭ ކަމެއް ނުހުންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވިދާޅުވީ އަސްކަރީ އެއްބަސްވުންތައް ހާމަކުރަން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ކަން ލަސްވަނީ ސިއްރުކުރަން ހިމަނާފައިވާ ނުކުތާތަކާ ހެދި ކަމަށެވެ.

"ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ. ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އޭގެފަހުން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ ކަންބޮޑުވުމެއް އޮތް އިންޑިޔާ ސަރުކާރާ އެކު ސޮއިކޮށްފައި އޮތް ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ދެން ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ މާއްދާތައް މަޝްވަރާކޮށްގެން ބަދަލުކޮށް ނޫނީ އިސްލާހުކޮށްފައިވާ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވި އެވެ. 

"މިހާރަކު ނެތޭ ކަންބޮޑުވާންޖެހޭ ކަމެއް. އެކަމަކު އިސްލާހު ގެނެވިފަ އޮތް އެއްބަސްވުން ވިޔަސް ހާމަކުރުމުގަ މި ކޮންފިޑެންޝިއަލިޓީ ކްލޯސް އިންނާތީ ބައިލެޓްރަލް ޑިސްކަޝަންސްތަކެއް އެބަ ކުރިއަށް ދެޔޭ. އެކަންކަން ހިއްސާކުރުމުގަ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ އެއްބަސްވުންތަކުގައި ހުރި ތަފްސީލުތައް ބަންޑާރަ ނައިބާ އިތުރަށް މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ހާމަކުރެވެން އޮތް ނަމަ ހާމަކުރަން ފަސްނުޖެހޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.