ޓޫރިޒަމް ނުދާ ފަސް އަތޮޅަށް ޓޫރިޒަމް ފުޅާކުރަން ބޮޑު ލުޔެއް ދެނީ

ލުއިތައް ދޭން ނިންމާފައިވަނީ ވަކި މުއްދަތަކަށެވެ. ދޭ ލުއިތަކުގެ ތެރޭގައި ބިމު ކުލީގެ ލުއިތަކާއި މިނޫންވެސް ގިނަ ލުއިތަކެއް ހިމެނެ އެވެ.

އައްޑޫއަށް ދިޔަ ޓޫރިސްޓުންތަކެއް އެ ރަށުގެ ގުދުރަތީ ރީތި މާހައުލެއްގައި -- އައްޑޫ ޓޫރިޒަމް

ރާއްޖޭގެ ޓޫރިޒަމް ނުދާ ފަސް އަތޮޅަށް ޓޫރިޒަމް ފުޅާ ކުރަން ވަކި މުއްދަތެއް ކަނޑައަޅައި ބޮޑު ލުޔެއް ދޭން ނިންމައިިފި އެވެ. 

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހއ. ހދ. އަދި ށ. އާއި ތ. އަދި ލާމު އަތޮޅަށް ޓޫރިޒަމް ގެންދަން ބޮޑު ލުޔެއް ދޭން ނިންމާފައިވާ ކަމަށެވެ. 

"އިންވެސްޓަރުން އިންސެންޓިވައިސް ކުރުމަށްޓަކައި ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ. މި ފަސް އަތޮޅަށް އެކަނި ސަސްސެޓް ކްލޯޒެއް ލާފައި ދޭން ވަނީ ނިންމާފަ. ލޭންޑް އެކުއެޒިޝަން ކޮސްޓާއި ގެންނަން ތަކެއްޗަށް ނަގާ ޑިއުޓީގައި. އޭރުން މި ހިސާބަށް އިންވެސްޓް ކުރާނެ އިންވެސްޓަރުންވާނެ،" ރައީސް ވިދާޅުވި އެވެ. "މި މަހު ތެރޭގައި މި ރަށްތަކަށް އިއުލާނު ކުރާނެ." 

ރާއްޖޭގައި 172 ރިސޯޓެއް ހިންގަމުންދެ އެވެ. އަދި މި ތަންތަނުގައި ހުރި އެނދުގެ އަދަދު  42,085 އަށް އަރަ އެވެ. އަދި ހަދަން ފަށައި ނުއްޓިގައި 60 އަށްވުރެ މަޝްރޫއު އެބަހުއްޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.