ޝަހީމް އަލުން އަދާލަތާ ގުޅިވަޑައިގެން، ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަނީ!

ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތްކުރި އެ ޕާޓީއަށް އަލުން ވަނުމަށް ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަން އިއުލާނުކުރައްވައިފި އެވެ. 

ޝަހީމް މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތްކުރި އެ ޕާޓީއަށް އަލުން ވަނުމަށް ނިންމާފައިވާ ކަމަށެވެ.

"މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން،" ޝަހީމް ވިދާޅުވި އެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި އަދާލަތު ޕާޓީ އަކީ ސަރުކާރު ކޯލިޝަންގެ މެމްބަރެކެވެ. އަދި ނިމުނު ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީން ތާއީދުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށެވެ.

ޕީޕީއެމް އުވުނު ފަހުން، ކެބިނެޓުގައި ހުންނެވިޔަސް ޝަހީމް ވެރިކަން ކުރާ ޕީއެންސީއަށް ރަސްމީކޮށް ސޮއިކުރައްވާފައެއް ނުވެ އެވެ.

ޝަހީމް ވަނީ 12 ވަރަކަށް އަހަރު އަދާލަތު ޕާޓީގެ އިސް މެމްބަރެއްގެ ގޮތުގައި އުޅުއްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.