އީކޭ އާއި ގަތަރު އެއާވޭސްއާއެކު އެމްއެމްޕީއާރުސީއިން ކުރި ސޮޔާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ.
ރާއްޖެ އިސްތިހާރު ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކެމްޕޭންތަކެއް ހިންގަން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އެއާލައިންއާއެކު ސޮއިކޮށްފި އެވެ.
މިދެ އެއާލައިން ނިސްބަތްވާ ޔޫއޭގެ ގަތަރުގައި މިހާރު ކުރި އަށް ދާ އޭޓީއެމް ފެއާގައި އެމްއެމްޕީއާރުސީގެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ މި ދެއާލައިންގެ އިސް ފަރާތްތަކާއެކު ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އެމިރޭޓްސް އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެމިރޭޓްސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ފޯ ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަހުމަދު އެވެ. އަދި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އެވެ.
ރާއްޖެއަށް ހިދުމަތް ދެމުން ގެންދާ 38 އަހަރު ވެފައިވާއިރު އެމިރޭޓްސް އެއާލައިންގެ ފަރާތުން ސޮއިކުރީ ސީނިއާ ވައިސް ޕްރެޒިޑެންޓް ފޯ ކޮމާޝަލް އޮޕަރޭޝަންސް ވިދާޅުވީ ރާއްޖެއަކީ އޭޝިއާގައި އެ އެއާލައިނުން އެންމެ ގިނައިން މީހުން އުފުލާ ފަސް ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމު ކަމަށެވެ، އެ އެއާލައިނުން އަހަރެއްގެ މައްޗަށް 360،000 ފަސިންޖަރުން އެކި ހިސާބުތަކަށް ފޮނުވައި ދެމުންދާ ކަމަށެވެ.
ގަތަރު އެއާވޭސްވެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ސޭލްސް މެޓް ރާއޯސް އެވެ. ގަތަރު އެއާވޭސްގެ ފަރާތުން ވާހަކަ ދެއްކެވި މެޓް ރާއޯސް ވިދާޅުވީ މި ސޮޔާއެކު އެއާލައިން ދަތުރުކުރާ 170 މަންޒިލާއެކު ކަންކެޓް ވެގެންދާނެ އެވެ.