މިމަހުގެ މިހާތަނަށް ޓޫރިޒަމް 20.7 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް

މިދިޔަ 22 ދުވަހު ޖުމްލަ 150,808 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 124,948 ޓޫރިސްޓުންނާ އަޅާބަލާއިރު 20.7 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ.

ރަޝިއާ ޓޫރިސްޓުން ގިނައިން އަންނަ އއ. ތޮއްޑޫގައި އާއަހަރު ފާހަގަ ކުރަން އައި ދެ ޓޫރިސްޓުން

މިމަހުގެ މިހާތަނަށް ޓޫރިޒަމަށް 20.7 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 22 ދުވަހު ޖުމްލަ 150,808 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 124,948 ޓޫރިސްޓުންނާ އަޅާބަލާއިރު 20.7 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ. މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,993 ޓޫރިސްޓުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާ އިން 84,845 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ޔޫކޭއިން 84,191 ޓޫރިސްޓުން އަދި ރަޝިއާއިން 80,075 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މީގެ އިތުރުން މި ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތުން 61,149 ޓޫރިސްޓުން އަދި އިންޑިއާއިން މިހާތަނަށް 39,534 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. 

އެންމެ ގިނައިން ޓޫރިސްޓުން އައި ފަސް ގައުމު

  •  ޗައިނާ - 84,845
  •  ޔޫކޭ - 84,191
  •  ރަޝިއާ - 80,075
  •  ޖަރުމަނު - 61,149
  •  އިންޑިއާ - 39,534

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޖުމްލަ 783,226 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތްކުރި 728,952 ޓޫރިސްޓުންނާ އަޅާބަލާއިރު 7.6 ޕަސެންޓުގެ އިތުރުވުމެކެވެ. 

މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސް ޓޫރިޒަމް އާމްދަނީވެސް ރަނގަޅުވެފައިވެ އެވެ. އަދި ސަރުކާރުން ވަނީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެއްގެ ގޮތުގައި ބުނެފަ އެވެ. މި ޓާގެޓަށް ދާން  އެމްއެމްޕީއާރުސީ އިން ދަނީ މާކެޓިން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.