ޔުމްނުގެ އިންސާފަށް އެދި ގިނަ އަދަދެއްގެ ޒުވާނުން މަގުމައްޗަށް

މި މުޒާހަރާގައި، ޔުމްނުއާއެކު ފަހުވަގުތު އުޅުނު ޒުވާނާ ހައްޔަރު ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ. އެތަނަށް ޔުމްނު މަރުވާން ދޫކޮށްލާފައި އެ ޒުވާނާ ދިޔައީ ކަމަށް އެމީހުން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވެ އެވެ.

ޔުމްނުގެ ހައްގުގައި މިރޭ ކުރާ މުޒާހަރާ -- ފޮޓޯ: އަލައިކާ

ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން މަގުމަތީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

ފުލުހުން ރޭ މައުލޫމާތު ދިން ގޮތުގައި ޔުމްނު ފުރާޅު މައްޗަށް ވެއްޓުނީ ޖެހިގެން ހުރި ގޭގެ ފެންލައިޓުންނެވެ. ވެއްޓުނުއިރު އެގޭތެރޭގައި އޭނާއާއެކު އިތުރު ޒުވާނަކު އުޅެނެވެ. ދެމީހުން ވެސް ތިބީ މަސްތުވެގެން ކަމަށް ފުލުހުން ބުންޏެވެ.

ޔުމްނުގެ ހައްގުގައި މިރޭ އާންމުންގެ ގިނަ ބަޔަކު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރިއަށް އެއްވެފައި ވަނީ ޔުމްނުއާއެކު އެރޭ އުޅުނު މީހުން ހިމާޔަތް ކުރަން ފުލުހުން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.

މި ހާދިސާ ހިނގުމުގެ ކުރިން އެންމެ ފުރަތަމަ ޔުމްނު ނުކުންނަނީ ފުލުހުން ބުނާ ގޮތުން ނަމަ "މާލޭގެ މެދުގައި" ހުރި ގެއަކުން އިތުރު ހަތް މީހަކާ އެކު އެވެ. އެގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގެކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އެގެއިން ނުކުތުމަށްފަހު އެކި މީހުން ބައިބައިވެ، ޔުމްނުއާއި ފިރިހެނަކު އެމީހުންނާ ގުޅުމެއް ނެތް ގެއަކަށް ވަދެ އުޅެނިކޮށް އޭނާ ފުރާޅު މަތިން ވެއްޓުނީ އެވެ.

ޔުމްނުގެ ވަނަވަރު އާންމު ކުރި ނަމަވެސް މި މައްސަލައިގައި ހިމެނޭ ދެން ތިބި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ. މިރޭގެ މުޒާހަރާގައި އެމީހުންގެ ވަނަވަރު އާންމު ނުކުރާތީ އާއި އޭގެ ތެރެއިން އެއްބަޔަކު ޔޫރީން ދޭން ދެކޮޅު ހަދާފައި ވާތީ އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް ނާޅަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ދަނީ އަޑުއުފުލަމުންނެވެ.

މި މުޒާހަރާގައި، ޔުމްނުއާއެކު ފަހުވަގުތު އުޅުނު ޒުވާނާ ހައްޔަރު ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ. އެތަނަށް ޔުމްނު މަރުވާން ދޫކޮށްލާފައި އެ ޒުވާނާ ދިޔައީ ކަމަށް އެމީހުން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަކި ގޮތަކަށް އަމަލުކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ދަނީ އަޑުއުފުލަމުންނެވެ. މި ހާދިސާގައި ސަރުކާރުގެ އިސްވެރިންނާ ގުޅުން އޮންނަ ޒުވާނުން ޝާމިލްވާ ކަމަށް ބުނެ، އެމީހުން ހިމާޔަތް ކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސްވެރިޔަކު އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.