މާލީ އިސްލާހު ނަތީޖާއާ ދިމާލަށް | ސަބްސިޑީ ހޭދަ ދަށަށް

މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެކި ފަރާތްތަކަށް ދޭ އެހީ އާއި ސަބްސިޑީގެ ބަޔަށް ހަރަދުވެފައި ވަނީ ޖުމްލަ 2.79 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ކަމަށް ހަރަދުވެފައި ވަނީ ޖުމްލަ 2.8 ބިލިއަން ރުފިޔާ އެވެ.

އެސްޓީއޯ ކާޑު ގުދަނަށް ކާޑު ބާލަނީ : އާއްމުނަށް ދަތި ނުކޮށް ސަބްސިޑީގެ ހޭދަ ވަނީ ދަށްކޮށްފަ

ދައުލަތުގެ ބަޖެޓުން މި އަހަރު ސަބްސިޑީއަށް ކުރި ހޭދަ، މި އަހަރުގެ މިހާތަނަށް ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑުތަނުން ކުޑަކޮށްފި އެވެ. 

ދައުލަތުގެ މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެކި ފަރާތްތަކަށް ދޭ އެހީ އާއި ސަބްސިޑީގެ ބަޔަށް ހަރަދުވެފައި ވަނީ ޖުމްލަ 2.79 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ކަމަށް ހަރަދުވެފައި ވަނީ ޖުމްލަ 2.8 ބިލިއަން ރުފިޔާ އެވެ.

އެހީ އާއި ސަބްސިޑީގެ ހަރަދު

  • އާސަންދަ: 670.7 މިލިއަން ރުފިޔާ (މިދިޔަ އަހަރު 554 މިލިއަން ރުފިޔާ)
  • ސަބްސިޑީ: 986.9 މިލިއަން ރުފިޔާ (މިދިޔަ އަހަރު 1.22 ބިލިއަން ރުފިޔާ)
  • ކައުންސިލްތަކަށް: 537.8 މިލިއަން ރުފިޔާ (މިދިޔަ އަހަރު 563.4 މިލިއަން ރުފިޔާ)

މި ހަރަދުތަކުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ކުރި ހޭދަ ވަނީ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއް ބަޔަކށް ވުރެ ބޮޑުތަނުން މަދުވެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން، ތެޔޮ އެތެރެކުރަން ދޭ ސަބްސިޑީއަށް ކުރި ހޭދަ ދަށްވުމެވެ.


މީގެ އިތުރުން، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 އިންސައްތައިން ދަށްކުރެވިފަ އެވެ. އެގޮތުން 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، 17 އެޕްރީލްގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތަ އެވެ. މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، 7.8 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.


މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، 17 އެޕްރީލް 2025ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފަ އެވެ. އެގޮތުން، މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، ޓެކްސް ނޫން އާމްދަނީގެ ޙިއްސާއަކީ 22.3 އިންސައްތަ އެވެ. އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ މިވަނީ 5.4 އިންސައްތައިން އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.