މި ބަދަލާއެކު އެމްޕީއެލްއަށް ކުރިން ސްކޭންކޮށްގެން ހުށަހަޅަމުން ދިޔައި ބައެއް ލިޔެކިޔުންތައް ނޭޝަނަލް ވިންޑޯގެ ޓްރޭންޑިން ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި މި ވިއުގައިން ކަމާބެހޭ ވުޒާރާތަކަށް މައުލޫމާތު ލިބޭނެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޭ ބައެއް ހިދުމަތްތައް ނޭޝަނަލް ވިންޑޯގެ ޓްރޭންޑިއަން އަށް ބަދަލުކޮށް ބޮޑު ފަސޭހަައެއް ގެނެސްދޭން ތައްޔާރު ވެއްޖެ އެވެ.
ކުރިން އެއް އޮފީހުން އަނެއް އޮފީހަށް ދުވެހެން ހުށަހަޅަމުން ދިޔަ ފޯމްތައް އެ ނިޒާމެއްގެ ތެރޭން ހުށަހެޅޭނެ ފަސޭހަ ގޮތްތަކެއް މި ގެންނަނީ މި އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހު ކެބިނެޓުން ނިންމާފައިވާ ސަރުކާރުގެ ޑިޖިޓަލައިޒް ތަސައްވުރާ އެއްގޮތުގެ މަތިންނެވެ.
ސަރުކާރުގެ މި ތަސައްވުރު ތަންފީޒު ކުރުމުގެ ގޮތުން އެމްޕީއެލް އިން ވަނީ އިމްޕޯޓް އެކްސްޕޯޓް ޓްރޭޑް ޓޮޓްކޮމް ޑޮޓްއެމްވީ އާ ގުޅުންހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ ފަރާތްތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް ޓްރޭޑިން ޕްލެޓްފޯމް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެކްޓިވް ކުރަން ނިންމާފަ އެވެ.
މި ބަދަލާ ބެހޭ ގޮތުން އެމްޕީއެލް އިން ބުނީ މި ބަަދަލާއެކު އެ ކުންފުނީގެ ބައެއް ހިދުމަތްތައް އެ ޕްލެޓްފޯމަށް ބަދަލު ކުރަން ފަށާނެ އެވެ.
ފޮރިން ގޮައިން ވެސަލް ރަޖިސްޓްރީ ކުރުން - ޝިޕިން އެޖެންޓުން އުޅަނދާ ގުޅޭ މައުލޫމާތު ވެސަލް މާސްޓާ އަޕްޑޭޓް ސީދާ އެމްޕީއެލް އަށް ހުށަހެޅުމުގެ ބަދަލުގައި މި މައުލޫމާތު ޓްރޭޑިން ޕްލެޓްފޯމަށް އަޕްޑޭޓް ކުރުން. މި ޕްލެޓްފޯމް މެދުވެރިކޮށް ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކަށް މައުލޫމާތު ފޯރުކޮށްދޭނެ
ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން - ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރު އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް (އީޓީއޭ) ޝިޕިން އެޖެންޓުން އެމްޕީއެލްނއަށް ހުށަހެޅުމުގެ ބަދަލުގައި މި ޕްލެޓްފޯމް މެދުވެރިކޮށް ކަމާގުޅޭ ވުޒާރާތަކަށް މި މައުލޫމާތު ލިބިގެންދާނެ
ސީކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން - ޓްރޭޑިން ޕްލެޓްފޯމް ބޭނުން ކުރަން ފެށުމާއެކު ޝިޕިން އެޖެންޓުން ބީއެލް މައުލޫމާތު ހުށަހަޅާނީ ޓްރޭޑިން މެދުވެރިކޮށެވެ. މި ބަދަލާއެކު ލިޔެކިޔުންތައް ސްކޭންކޮށްގެން އެ ކުންފުންޏަށް ގޮސް ހުށަހަޅާކަށް ނުޖެހޭނެ އެވެ. ޓްރޭޑިން މެދުވެރިކޮށް މި މައުލޫމާތު އެމްޕީއެލް އަށް ލިބޭނެ އެވެ.
އެމްޕީއެލް އިން ބުނީ ފަސޭހަ މި ބަދަލާ ގުޅޭ މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން އާއި އީމެއިލް ކުރުމުން ވެސް ލިބޭނެ ކަމަށެވެ. އަދި މި ޕްލެޓްފޯމްގައި ރަޖިސްޓްރީވުމާއި މި ޕްލެޓްފޯމްގެ މައުލޫމާތު ހޯދަން ޓްރޭޑިން ސަޕޯޓް ނަމްބަރު 3334001 އިން ލިބޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންގިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމީ މިއަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހު އެވެ.
ގައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތައް ތައާރަފުކޮށް ގާނޫނީ އޮނިގަނޑު ފުރިހަމަކުރުން އަދި އިގްތިސާދެއް ބިނާކުރުމަށް ފަހި ގަވާނަންސް އޮނިގަނޑެއް އައިސީޓީ ސެކްޓާގައި ގާއިމުކުރުން.
ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި މައުލޫމާތު ފަސޭހަކަމާއެކު ހިއްސާކުރެވޭނެ "އިންޓަ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް" ގާއިމުކުރުން. އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ އަސްލު 'ސިންގަލް ސޯސް އޮފް ޓުރުތް" ގެ ގޮތުގައި ބޭނުންކުރާ ސެންޓްރަލް ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.
ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުން.
އީ-ގަވަމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން.
ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިން ކްލައުޑް ގާއިމުކުރުމާއި ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އާކައިވްގެ ނިޒާމު ހަރުދަނާކުރުން.
އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކުރުމާއެކުޑިޖިޓަލް ސިގްނޭޗާ ބޭނުންކުރަން ފެށުން.
ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ފައްކާވެފައިވާ މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ސްކޫލް ކަރިކިއުލަމްގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ އެކަޑަމިކް ކޮންޓެންޓް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާ އިން ތަމްރީންކޮށް އަދި މި ދާއިރާގެ ރިސާޗް ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ހާއްސަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.
އައިސީޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ހިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ 'ލޯކަލް ފަސްޓް' ސިޔާސަތަށް ޢަމަލަކުރަން ނިންމުން.
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި ރިސާޗް ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމުކުރުން.