މި އިމާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ސްކޫކެއް އިޝޫކޮށްގެން ލިބުނު ފައިނޭންސިންގައި ފެށި މަސައްކަތެވެ. މި މަޝްރޫޢު ހިންގަން އައިޔޫއެމްއިން ވަނީ ކެޕިޓަލް މާކެޓްގައި އެއް މަސް ދުވަހުގެ ސްކޫކެއް އިޝޫކޮށްފަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ސުކޫކެއް އިޝޫކޮށްގެން ކުރި ފުރަތަމަ މަސައްކަތުގެ ގޮތުގައި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ވަގްފް އިމާރާތުގެ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަތް ބުރިއަށް ހަދާ އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް އިމާރާތު އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި އިމާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ސްކޫކެއް އިޝޫކޮށްގެން ލިބުނު ފައިނޭންސިންގައި ފެށި މަސައްކަތެވެ. މި މަޝްރޫޢު ހިންގަން އައިޔޫއެމްއިން ވަނީ ކެޕިޓަލް މާކެޓްގައި އެއް މަސް ދުވަހުގެ ސްކޫކެއް އިޝޫކޮށްފަ އެވެ. އައިޔޫއެމް އިން އިޝޫކުރި ސްކޫކް ސަބްސްކްރައިބްކޮށް ފައިނޭންސިން ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކްގެ ފަރާތުންނެވެ.މިއީ 60 މިލިއަން ރުފިޔާގެ އަގު ހުރި މަޝްރޫއެކެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނެއެވެ.
މި އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެކައުންޓުން ފެށިގެން ފައިނޭންސިންއާ ހަމައަށް ފުރިހަމަ އިސްލާމީ ބޭންކެއްގެ އުފެއްދުންތަކާއެކު ބީއެމްއެލް އިން މިދަނީ މުޅި ގައުމުގައި މާލީ ބާރުވެރިކަން އިތުރުކުރަމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހުރިހާ އެންމެން ޝާމިލުވާ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް، މާލީ ބާރުވެރިކަން އިތުރުކުރުމަށް ބީއެމްއެލްއިން މިދަނީ މުހިއްމު ދައުރެއް އަދާކުރަމުން،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް އިމާރާތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިގްތިސާދީގޮތުން ވަރުގަދަ ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓެކެވެ. އަދި މިއީ ބޭންކުގެ އިޖްތިމާއި ޒިންމާގެ ދަށުން ތައުލީމީ ދާއިރާ ކުރިއެރުވުމަަށް ގިނަ މަސައްކަތްތަކެއް ބީއެމްއެލް އިން ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.