ސިނގިރެޓުގެ "ޖެނެރޭޝަން ބޭން" ތައާރަފް ކުރަން ޑަބްލިއުއެޗްއޯ އަދި ޔުނިސެފާ މަޝްވަރާ ކޮށްފި

މިނިސްޓްރީ އިން ބުނީ ޖެނެރޭޝަން ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން އެ ބައްދަލުވުމުގައި ލަފާ ދީފައިވާ ކަމަށެވެ. އެކަންކަމުގެ ތަފްސީލު ހާމައެއް ނުކުރެ އެވެ.

"ޖެނެރޭޝަން ބޭން" ތައާރަފް ކުރަން ޑަބްލިއުއެޗްއޯ އަދި ޔުނިސެފާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --

ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން"ގެ ގޮތުގައި ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަދި ޔުނިސެފްގެ އޮފިޝަލުންނާ މަޝްވަރާކޮށްފި އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އެ ފަރާތްތަކާ ބައްދަލު ކުރީ އެ ޖަމިއްޔާތަކުގެ ހިޔާލު، އެކަމާ ގުޅިގެން ހޯދުމަށް ކަމަށެވެ. މި ބައްދަލުވުންތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިނިސްޓްރީ އިން ބުނީ ޖެނެރޭޝަން ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން އެ ބައްދަލުވުމުގައި ލަފާ ދީފައިވާ ކަމަށެވެ. އެކަންކަމުގެ ތަފްސީލު ހާމައެއް ނުކުރެ އެވެ.

ދުންފަތް މަނާ ކުރުމަށް ނިންމާފައި ވަނީ ވަކި އުމުރުފުރާތަކަކަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން ދިރާސާ ކުރައްވައިގެން ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ހަވާލު ކުރައްވާފައި ވަނީ މިނިސްޓަރު ނާޒިމްއާ އެވެ.

ރައީސް ވަނީ މިމަހުގެ ދެވަނަ ދުވަހު ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވާފަ އެވެ. އެއީ؛

  •  2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  •  2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  •  2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

"އެކުދިން ހަމަ އުމުރުން ދުވަސްވީ ވަރަކަށް ވެސް މަނާވާނެ. ކުރިއަށް އޮތްތާ އުމުރަގަ ވެސް ނުބޮވޭނެ ސިނގިރެޓެއް، ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެއޭ ގާނޫނުގެ ދަށުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އުމުރުފުރާތަކަކީ މިހާރު 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުން ކަމަށާއި، އެމީހުން ދުންފަތުގެ އިސްތިއުމާލު ކުރާތާ މާގިނަ ދުވަހެއް އަދި ނުވާނެ ކަމަށެވެ. އެހެންކަމުން އެމީހުން ދުންފަތުގެ ވަބާއިން ދުރުކުރުވަން ފަސޭހަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އުމުރުން 40-50 އަހަރު ވެފައިވާ މީހުންގެ ކިބައިން އެ އާދަ ކަނޑުވަން ވަރަށް އުނދަގޫވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.