އެމެރެރިކާއާއި ގުޅިގެން އިނގިރޭސި ސަރުކާރުން ޗާގޮސް އައިލެންޑްސް އިން މީހުން ބޭލުމަށްފަހު އެތަނުގެ އެންމެ ބޮޑު ރަށް ކަމަށްވާ، ޑިއެގޯ ގާސިއާގައި އެމެރިކާގެ މިލިޓަރީ ބޭސްއެއް ވަނީ ގާއިމްކޮށްފަ އެވެ.
ޗާގޮސް އަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށާއި އެ ގައުމާ ގުޅެން ބޭނުން ނުވާކަމަށް އެބައިމީހުން ބުނެފި އެވެ.
ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ޗާގޮސްގެ ރައްޔިތުންގެ ފަރާތުން "ޗާގޮސް ވޮއިސެސް" އިން ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އާބިޓްރޭޝަންގައި ކުރިއަށްދާ އެ މައްސަލަވެސް ގަބޫލުކުރަން ބޭނުން ނުވާ ކަމަށް އެމީހުން ފާހަގަކޮށްފައިވެ އެވެ.
ޗާގޮސް ރައްޔިތުންގެ ފަރާތުން ބުނެފައި ވަނީ އެމީހުންނަކީ އަމިއްލަ ބަހަކާއި އަމިއްލަ ސަގާފަތެއް އޮންނަ ބައެއް ކަމަށެވެ. އެމީހުންނަކީ އެ މީހުންގެ އަމިއްލަ ވަޒަނަށް ނިސްބަތްވާ ބައެއް ކަމަށެވެ. މީގެކުރިން 2019 ވަނަ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނިންމި ނިންމުމުގައިވެސް އެމީހުންގެ ވަޒަން ދިފާއުކުރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. މިހާރުވެސް އެމީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ އެމީހުންގެ ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ނުދޭތީ އެވެ.
މޮރިޝަސް އާއި ޗާގޮސްއާ އޮތް ހަމައެކަނި ގުޅުމަކީ އިނގިރޭސި އިސްތިއުމާރީ ވެރިކަމުގެ ދަށުގައި އޮތްއިރު މޮރިޝަސްގެ ވެރިރަށް، ޕޯޓް ލޫއިސް އާ ހަވާލުކޮށްފައި އޮތުން ކަމަށް އެމީހުން ބުނެފައިވެ އެވެ. އެމީހުންގެ ރަށްތަކުން އިނގިރޭސީން ގަދަކަމުން މީހުން ބާލައިފައި ވަނީ 1965 އާއި 1973 ދެމެދުގެ އަހަރުތަކުގެ ތެރޭގައެވެ. އެމީހުންގެ އެއްބައި މޮރިޝަސްއަށް އަދި އަނެއްބައި ޔޫކޭ އަދި ސީޝެލްއަށް ފޮނުވާފައިވެއެވެ. އޭރު 2000 އަށްވުރެ ގިނަ މީހުން މޮރިޝަސްއަށް އަދި 200 އެއްހާ މީހުން ސީޝެލްސްއަށް ބަދަލުކުރެވުނު ކަމަށް ޗާގޮސް ވޮއިސެސް އިން ހާމަކޮށްފައިވެ އެވެ. މިހާރު މިބައި މީހުންގެ އާބާދީ 10،000 އަށްވުރެ ގިނަ ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެމެރެރިކާއާއި ގުޅިގެން އިނގިރޭސި ސަރުކާރުން ޗާގޮސް އައިލެންޑްސް އިން މީހުން ބޭލުމަށްފަހު އެތަނުގެ އެންމެ ބޮޑު ރަށް ކަމަށްވާ، ޑިއެގޯ ގާސިއާގައި އެމެރިކާގެ މިލިޓަރީ ބޭސްއެއް ވަނީ ގާއިމްކޮށްފަ އެވެ.
އިނގިރޭސިން އޭރު ހާލުގައި ޖައްސައި ޗާގޮސް އިން މީހުން ބޭލިފަހުން އެމީހުންނަށް އެކިއެކި ދުއްތުރާތަކާ ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ނަސްލީ ތަފާތުކުރުންތަކާއި، ބަނޑަށް ޖެހުމާއި އަދި ތައުލީމު ނުލިބުން ހިމެނެ އެވެ. މިހާރުވެސް އެމީހުންނަށް އިނގިރޭސިން ލިޔަން ކިޔަން އުނދަގޫ ކަމަށް ޗާގޮސް ވޮއިސެސް އިން ބުނެ އެވެ.