ލަވައިގައި ޝްރައްދާގެ ނެށުމުގެ ބައެއް ހިމެނޭތީ މިހާރު ފިލްމުގައި ޝްރައްދާގެ ރޯލެއް އޮވެދާނެތޯ ވަނީ ވަރަށް ގިނަ ސުވާލުތައް އުފެދިފަ އެވެ.
މަޝްހޫރު ތަރިން ކަމަށްވާ ކްރީތީ ސެނޯން އާއި ވަރުން ދަވަންގެ ބިރުވެރި ފިލްމް "ބީޅިޔާ" ލަވައެއްގައި ޝްރައްދާ ކަޕޫރު ފެނިލައި ހައިރާންކަން ގެނުވައިފި އެވެ.
މީ ކުރިން ދެކެވުނު ވާހަކައެއް ނޫނެވެ. މި ފިލްމުގެ އެއް ލަވަ ކަމަށްވާ "ތުމްކޭޝްވަރީ" ވަނީ އާންމު ކޮށްފަ އެވެ. އެ ލަވާގައި ވަރުން އާއި ކްރީތީ ވެސް ނަށަ އެވެ. ހަމަ އެ ލަވައިގައި ޝުރައްދާ ކަޕޫރު ވެސް ބައިވެރިވެލައި ނަށާލަ އެވެ. އެހެންވެ މި ލަވަ ވެފައި ވަނީ ހާއްސަ ލަވައަކަށެވެ.
ލަވައިގައި ޝްރައްދާގެ ނެށުމުގެ ބައެއް ހިމެނޭތީ މިހާރު ފިލްމުގައި ޝްރައްދާގެ ރޯލެއް އޮވެދާނެތޯ ވަނީ ވަރަށް ގިނަ ސުވާލުތައް އުފެދިފަ އެވެ. މައިގަނޑު ސަބަބަކީ ކުރީން ވެސް ޝްރައްދާ ކުޅުނު ބިރުވެރި ފިލްމެއް ކަމަށްވާ "ސުތުރީ" ކުޅެފައި ވުމާއި އެއީ ވެސް "ބީޅިޔާ" ގެ ޑައިރެކްޓަރުގެ ފިލްމަކަށް ވާތީ އެވެ.