ރަޝީދުގެ މަރު: ކަން ހިނގާ ގޮތް ރައީސް ގެންދަވަނީ ބައްލަވަމުން

މިއުވާން ވިދާޅުވީ އަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރި ކަމާއެކު ރަނގަޅަށް ތަހުގީގު ކުރުމަށް އިރުޝާދު ދެއްވުމުގެ އިތުުރުން މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: ރަޝީދުގެ މަރުގެ މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުން --

ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި ގދ. ހޯޑެއްދޫ ސްވެން، އަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރި ކަމާއެކު ރަނގަޅަށް ތަހުގީގު ކުރުމަށް އިރުޝާދު ދެއްވައި ހޯމް މިނިސްޓަރު އިމްރާން އާބްދުﷲގެ އާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވައިފި އެވެ.

އެކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ ޔަގީން ކޮށްދެއްވާފައެވެ. މިއުވާން ވިދާޅުވީ އަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރި ކަމާއެކު ރަނގަޅަށް ތަހުގީގު ކުރުމަށް އިރުޝާދު ދެއްވުމުގެ އިތުުރުން މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ހޯޑެއްދޫގައި ހިންގި ޑްރަގް އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނޭ އެ ރަށު އަަަބްދުﷲ ރަޝީދު ވަނީ ފުލުހުން ހައްޔަރު ކުރިތާ އިރުތަކެެއްގެ ފަހުން މަރުވެފައެވެ. ރަޝީދު މަރުވީ މެޔަށް ތަދެއް އަރައިގެން ކަމަށް ވެއެވެ. މެޔަށް ތަދުވާތީ ފަރުވާއަށް އެދުނު ނަމަވެސް އެކަމަށް ފުލުހުން އިޖާބަ ނުދިން ކަމަށް އާއިލާއިން ބުނެއެވެ.

އެ ހާދިސާގެ ކަންބޮޑުވުން އޮތްތާ ތިން ދުވަސް ފަހުން ރައީސް އޮފީހުން މިކަމާއި ގުޅޭގޮތުން އެއްޗެއް ބުނެފައި މިވަނީ ރަޝީދު މަރުވީ ފަރުވާ ދިނުން ލަސްވުމުން ކަމަށް ކުރެވޭ ތުހުމަތު އިތުރުވެފައި ވަނިކޮށެވެ. އެކަމަށް ބާރު ލިބޭ ގޮތަށް މަޑަވެލީ ކައުންސިލާއި އެ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު ހުސައިން ފިރުޝާންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

މަރާއި ގުޅިގެން އުފެދިފައިވާ ޝައްކުތަކާއި ކުރެވޭ ތުހުމަތަކާއި ގުޅިގެން ފުލުހުން ވަނީ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފަ އެވެ. ނަމަވެސް އެކަމާ އާއިލާއިން ދެކޮޅު ހަދައެވެ. އާއިލާއިން އެދެނީ ވީހާވެސް އަވަހަށް ރަޝީދުގެ ހަށިގަނޑު ވަޅުލައި ދިނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.