ގދ. ގަމުގައި އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލުން ބުނީ ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ކޮމްޕެޓިޓާސްތަކުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

ގދ. ގަން

ގދ. ގައްދޫގެ އިހުތިސޯސްގެ ތެރޭގައި މިހާރު ހިމަނާފައިވާ އެ އަތޮޅު ގަމުގައި އިންވެސްޓްމެންޓް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގައްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެރަށުގެ ބިނާވެށި ޕްލޭންގައި ހިމަނާފައިވާ ފަޅުރަށް، ގަމުގައި ވަކި ދާއިރާތަކަކުން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ރާއްޖެއާއި ރާޖޭން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

ކައުންސިލުން ވަނީ ފަސް ދާއިރާއަކުން ގަމުގައި އިންވެސްޓް ކުރުމަށް ހުޅުވާލާފަ އެވެ. އެގޮތުން؛

  •  ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން
  •  ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން
  •  މަސްވެރިކަމާއި ގުޅުންހުރި ކަންކަން
  •  ޕްރޮޑަކްޝަން އަދި މެނުފެކްޗަރިން އާއި ގުޅުންހުރި ކަންކަން
  •  ރިސާޗިންގް އާއި ގުޅުންހުރި ކަންކަން

ކައުންސިލުން ބުނީ ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ކޮމްޕެޓިޓާސްތަކުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.

ގައްދޫ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން ގަން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަމާ ނުރުހުން ފާޅުކޮށް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ އިދާރާއިން ވަނީ އެ މަސައްކަތް ހުއްޓުވާފަ އެވެ.

ގަން، ގައްދޫ ކައުންސިލްގެ އިހުތިސޯސްތެރޭގައި ހިމަނައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.