ރިޕޯޓް ލިބުމާއެކު ފުލުހުންގެ ވަނީ ވަގުތުން އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ފުލުހުން ބުނީ ކަނޑުވި ހުރިހާ އެންމެން ވެސް ސަލާމަތް ކުރުމަށްފަހު އަނބުރާ ދިގުރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިއަދު ހެނދުނު އދ. ދިގުރަށުން މާލެއަށް ދަތުރުކުރަމުން ދިޔަ "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށް ގޮސް، 48 މީހުން ކަނޑުވެފައި ތިއްބައި ފުލުހުން ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ ދިގުރަށުން މާލެއަށް ދަތުރުކުރި އެ އުޅަނދު އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 7:57 ހާއިރު ކަމަށެވެ. އެ ލޯންޗުގައި 45 ޕެސެންޖަރުންނާއި ތިން ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެ އެވެ.
ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ފުލުހުން ބުނީ ކަނޑުވި ހުރިހާ އެންމެން ވެސް ސަލާމަތް ކުރުމަށްފަހު އަނބުރާ ދިގުރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި އެންމެންގެ ހާލު ރަގަޅު ކަމަށް ވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ހިންގަމުންދާ ކަމަށެވެ.
ފުލުހުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މީހުން ތިބީ ލައިފްޖެކެޓް އަޅައިގެން މޫދުގަ އެވެ. ކަނޑުގަދަކަން ފޮޓޯތަކަށް ބަލާލުމުން އެނގެ އެވެ.
މި ލޯންޗު ދަތުރުކޮށްފައި މިވަނީ އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނިކޮށެވެ. މުޅި ރާއްޖެއަށް ވިއްސާރަކުރަމުންދާއިރު، ކަނޑު ވެސް ވަރަށް ގަދަ އެވެ.