މީތި ސަޅި | އެމްއައިބީ އިން ފައިސާ ދައްކަން ސްޓިކާއެއް

މި ސްޓިކާއަކީ ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ ޓެގެކެވެ. މި ޓެގް ޕޮސް މެޝިންއެއްގައި ޖައްސާލުމުން ފަސޭހަކަމާއިއެކު މުދަލާއި ހިދުމަތަށް ފައިސާ ދައްކާލެވޭނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިސާވެއަރ ޓެގެއް ތައާރަފްކޮއްފި އެވެ. އެމްއައިބީ އިން ތައާރަފްކުރި މި ހިދުމަތަކީ ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ ޓެގެކެވެ. 

ފޯނުގައި ނުވަތަ ކީ ޗެއިންގައި ވެސް ތަތްކޮއްލެވޭ މި ޓެގަކީ މި ނޫނަސް ކަސްޓަމަރު ބޭނުންވާ އެހެން ތަނެއްގައި ތަތް ކޮއްލެވޭނެ ޓެގެކެވެ. މި ޓެގް ޕޮސް މެޝިންއެއްގައި ޖައްސާލުމުން ފަސޭހަކަމާއިއެކު މުދަލާއި ހިދުމަތަށް ފައިސާ ދައްކާލެވޭނެއެވެ.

އެމްއައިބީ އިން ވަނީ 2024 ވަނަ އަހަރު ކޭޝްކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓިއެއް ވެސް ތައާރަފްކޮއްފަ އެވެ. ވަރަށް އަވަހަށް އާ ޑިޒައިން ތަކެއްގެ އަނގޮއްޓި މާކެޓަށް ނެރުމުގެ މަސައްކަތްވެސް އެބޭންކުން ދަނީ ކުރަމުންނެވެ. މިހާރު ވެސް އެކި ޑިޒައިންތަކުގައި ލިބެން ހުންނަ މި އަނގޮއްޓިއަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. އެމްއައިބީ އިން ދަނީ ޒަމާނީ އެކި ހިދުމަތް ރާއްޖެއަށް ތައާރަފް ކުރަމުންނެވެ.

ރާއްޖޭގެ ގިނަ ދުވަސްވީ ބޭންކުތަށް ފަހަތަށް ޖައްސާލާ ޓެކްނޮލޮޖީގެ ރޭހުގައި އެބޭންކުން ދަނީ ކުރި ހޯދަމުންނެވެ. ރައްކާތެރި ބޭންކިން ހިދުމަތެއް ފޯރުކޮއްދެމުން ދާއިރި ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި ރައްކާތެރި ކަމާއިއެކު ފައިސާ ރައްކާކުރުމުގެ އިތުރުން އެބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބޭންކުގެ ހިދުމަތް ފުޅާކުރަމުންނެވެ. އިޖާދީ ބަދަލުތަކާއިއެކު އެމްއައިބީއިން މިއަހަރުވެސް އާ ހިދުމަތްތަކެއް ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.