މި ޕޯޓަލްއަށް ވަދެ އެމްއެމްއޭ އިން ލާޒިމް ކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރު ކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ރުފިޔާ ޖަމާވާނެއެވެ.
ފަސޭހަކަމާއިއެކު ޑޮލަރު މާރުކުރެވޭނެ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑް ކޮށްފި އެވެ.
ސަރުކާރުން ދާދި ފަހުން ތައާރަފްކުރި ޑޮލަރު މާރުކުރުމުގެ އުސޫލާއިއެކު ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހިފައިވާއިރު ލުއި ފަސޭހަކަމާއި ރައްކާތެރި ކަމާއިއެކު ޑޮލަރު މާރުކުރެވޭނެ ގޮތެއްގެ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި އެމްއައިބީ އިން ތައާރަފްކުރި މި ހިދުމަތާއިއެކު ގިނަ ލުއި ފަސޭހަތަކެއް ލިބޭނެ އެވެ.
މި ހިދުމަތުގެ އެންމެ މުހިންމު އެއް ސިފައަކީ ރައްކާތެރިކަމެވެ. މި ހިދުމަތް ވިޔަފާރިތަކަށް ވެސް އަދި އަމިއްލަ ފަރުދުންނަށް ވެސް ލިބޭނެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ޕޯޓަލްއަށް ވަދެ އެމްއެމްއޭ އިން ލާޒިމް ކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރު ކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ރުފިޔާ ޖަމާވާނެއެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ބޭނުންކޮއްލަން ފަސޭހަ ރައްކާތެރި ހިދުމަތެކެވެ. ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ މި ހިދުމަތަކީ ޑާކް މޯޑްވެސް އެކުލެވޭ ބޭނުން ކޮއްލަން ފަސޭހަ ހިދުމަތެކެވެ. ފަވަރައާއި އެކު މި ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރި އަމިއްލަ އަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ހިތުމަތް ވެސް ތައާރަފްކޮއްފަ އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކަކީ އެމްއައިބީއެވެ. ވަގުތުން ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންއަށް ވެސް އޮންލައިންކޮށް އެދެވެއެވެ.