ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ނޯތް ޕޮލިސް -- ނ، ރ، ބ، ޅ -- ގައި ހިމެނޭ ރަށެއްގަ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ނޯތް ޕޮލިސް -- ނ، ރ، ބ، ޅ -- ގައި ހިމެނޭ ރަށެއްގަ އެވެ.
ތުހުމަތު އޮތީ އިތުބާރުކުރެވޭ ފަދަ މަގާމެއްގައި -- ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮތް ދެ މީހަކަށެވެ. އެ ދެ މީހުން 18 އަހަރުނުވާ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރާތާ ތިން އަހަރު ވެފައިވާ ކަމަަށް ވެ އެވެ.
ތުހުމަތު ކުރެވޭ ދެ މީހަކު ހުރި ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ބުންޏެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަަށް ވާތީ ކުއްޖާގެ މައުލޫމާތު ރައްކާތެރި ކުރަން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ ކުޑަކުދީންނާ ގުޅޭ މައްސަލަތަކަކީ އެ ހިދުމަތުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ.