ސިންގަޕޫރުން މުދާ ބަރުކޮށްގެން އައި މޯލްޑިވްސް ވިކްޓްރީ ހުޅުލެ ހުޅަނގު ފަރާފު ތަރުގައި ޖެހި ފެތުނީ 13، ފެބްރުއަރީ 1981 ވަނަ ދުވަހުގެ މެންދަރުން އަލިވެ 2:00 އެހާއިރު އެވެ.
އެ ދުވަސް ވަރަކީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ ރަން ޒަމާނެވެ. ރާއްޖޭގެ ޝިޕިން ލައިންއަކީ އެ ދުވަސްވަރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޝިޕިން ލައިންނެވެ. އެންމެ ގިނަ ބޯޓު އޮތީ ވެސް ރާއްޖޭގަ އެވެ. މި ބޯޓުތަކުގެ ތެރޭން އެއް ބޯޓަކީ އެމްވީ މޯލްޑިވްސް ވިޓްރީ އެވެ. އެ ދުވަސްވަރު ރާއްޖެއަށް މުދާ ބަރުކޮށްގެން ދަތުރު ނިންމަން އައި މޯލްޑިވްސް ވިކްޓްރީ ގާދޫ ކޮލުން މާލެ ބަނދަރަށް ވަންނަނިކޮށް ހުޅުލެ ފަރުގައި ޖެހުނެވެ. ޖެހުމާއެކު ބޯޓު ދިޔަވެ މާގިނަ އިރުތަކެއް ނުވެ އެ ބޯޓު 40 މީޓަރު އަޑިއަށް އަޑިއަށް ދިޔަ އެވެ. މި ހާދިސާ ހިނގީ 13، ފެބްރުއަރީ 1981 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ. ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި ހިންގި އެންމެ ހިތާމަވެރި އެއް ހާދިސާގެ ގޮތުގައި ބެލެވޭ މި ހާދިސާއަށް މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް 44 އަހަރު ވެގެން ދިޔައިރު މިހާރު އެ ބޯޓު ފެތުނު ތަނަކީ މަޝްހޫރު ޑައިވް ޕޮއިންޓެކެވެ.
އެ ބޯޓު ފެތުނުތަން މިހާރު ރީތި ފަރެއްގެ ގޮތުގައި އޮތްއިރު، މި ހިތާމަވެރި ހާދިސާއަށް 44 އަހަރު ފުރުނު ދުވަހާ ދިމާކޮށް މިވަނީ ރީތި ފޮޓޯތަކެއް ފެންމަތިވެފަ އެވެ. މި ރީތި ފޮޓޯތައް ނަގާފައިވަނީ މީގެ 44 އަހަރު ކުރިން ނިއުޒިލޭންޑުގެ ވައިލްޑްލައިފް ފޮޓޯގްރާފަރު ކަޓް އެމްސްލާ އެވެ. މި ފޮޓޯތަކުން މި ހާދިސާގެ ހަނދާންތައް އާކޮށްދެ އެވެ.
މި ބޯޓު އަޑިއަށް ދިޔަ ސަރަހައްދަށް ފުރަތަމަ ފީނި ކަޓް އެމްސްލާ ބުނެފައިވާ ގޮތުގައި މެންދަމު 2:00 ގައި އަޑިއަށް ދިޔަ މި ބޯޓު އޮތީ 40 މީޓަރު އަޑީގަ އެވެ. މި ބޯޓުގައި އެ ދުވަސްވަރު ރާއްޖޭގައ ހިންގި މަދު ރިސޯޓްތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ ހުއްޓެވެ. މި ބޯޓުގައި ހުރި މުދަލުގެ ތެރޭން އޭނާ ފާހަގަ ކުރެއްވި އެންމެ އަގުހުރި އެކެއްޗަކީ އޭރުގެ ރައީސް އިބްރާހިމް ނާސިރު ދުއްވަން ރާއްޖެ ގެންނަވާފައިވާ މަޒްދާ ކާރުކޮޅެވެ. އެ ކާރުކޮޅު ފަހުން ނަގައިގެން މާލޭގައި ދުއްވި އެވެ.
"އެ ބޯޓުގައި އޭރު ހިންގި ހަތް ޓޫރިސްޓް ރިސޯޓަށް ބޭނުންވާ ހުރިހާ ކާބޯތަކެތި ހުރި،" ފޮޓޯތަކާއެކު އޭނާ ބުނެފަިއވެ އެވެ.
މިހާރު މި އުޅަނދު - މި އުޅަނދު މިހާރުވެފައިވަނީ "އާޓިފިޝަލް" ފަރަކަށެވެ. މިގޮތަށް ފެތިފައިވާ ބޮޑެތި ސްޓްރަކްޗާތަކުގައި ޢާއްމު ގޮތެއްގައި މުރަކަ އަށަގަނެ އާލާވެ އެވެ، އަދި މަސްމަހާމެހި އެތަނެއްގައި ވަޒަންވެރިވެ އެވެ. 33 މީޓަރުގެ ފުންމިނުގައިވާ މި 'ރެކް' އަކ،ީ ގިނަ ޑައިވަރުން ދެކޭގޮތުގައި މިފަދަ އެހެން ރެކް ތަކަށްވުރެ ގިނައިން ކަނޑުގެ ދިރުންތައް ފެންނަ ސަރަހައްދެކެވެ. މިއީ ، ކަނޑުއޮޅިއެއް ކައިރީ އަށް ފެތިފައިވާ 'ރެކް' އެއްކަމުން 'ނިއުޓްރިއެންޓްސް' ނުވަތަ ކާނ،ާ މިތަނުގެ ދިރުންތަކަށް އަބަދުވެސް ލިބެމުންދެއެވ.ެ މިގޮތުން މި 'ރެކް ' ތެރެއިން އެކި ބާވަތްތަކުގެ މުރަކައާއި ބަތްޕޮޅިމަހާއި ދޮންނޫމަހާއި ފާނައިގެ އިތުރުން ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ނަސްލުތަކުގެ ތެރޭގައި ހިމެނޭ ވެލާ ކަހަނބުވެސް ފެންނަކަމުގައި ރިކޯޑު ކުރެވިފައިއެވެ. އެގޮތުން 2019 ވަނަ އަހަރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެނސީ އިން ކުރި ސާވޭއެއްގައި 'ވިކްޓަރީ ރެކް' އިން ވަނީ 29 ޖީނަސްއެއްގެ މުރަކައާއ،ި 44 ސްޕީޝީޒްގެ މަސް ފެނި އެކަން ފާހަގަ ކޮށްފަ އެވެ. މިހާރު މިސަރަހައްދަކީ ޑައިވަރުންގެ މެދުގައި މަޝްހޫރު މުޅި ދިވެހިރާއްޖޭގައި ވެސް އެންމެ މަޤުބޫލު އެއް 'ޝިޕްރެކް ޑައިވް ' މަންޒިލެވެ. މިއ،ީ ކަނޑުގެ ދިރުންތަކުން މުއްސަނދި މާހައުލަކަށް ވުމުގެ އިތުރުނ،ް މިއީ ގިނަ ބަޔަކު ލޯބިކުރާ ދިވެހި ތާރީޚީ ތަރިކަ އެކެވެ. މިފަދަ ތަންތަން ގިނަ ދުވަހަށް ދެމެހެއްޓޭނެ ފަދައިން ޙިމާޔަތްކުރުމަކީ ދިވެހި ތާރީޚާއި ތިމާވެށ،ި އަދި އިޤްތިސާދަށް ގިނަ ގުނަ މަންފާތަކެއް ލިބިގެންދެ އެވެ،.