ރޯދައަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި

މި ހަރަކާތުގައި ވަރަށް ގިނަ މިނިސްޓްރީތަކާއި ކުންފުނިތަކާއި މުއައްސަސާތައް ބައިވެރިވެފައިވެ އެވެ. އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި ދިވެހި ލޭންގްއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓްރީ އެވެ.

މާލެތެރެ ސާފުކުރުމަށް މިއަދު ފެށި ހަރަކާތުގެ ތެރެއިން --

ރޯދައަށް މާލެތެރެ ސާފުކުރުމުގެ ގޮތުން "ރޯދަ ސާފު"ގެ ނަމުގައި މިއަދު ހަރަކާތެއް ފަށައިފި އެވެ. 

ސާފުކުރުމުގެ މި ހަރަކާތް ފަށާފައި ވަނީ މިއަދު ހެނދުނު 6.15 ގައެވެ. މި ހަރަކާތުގައި މާލެތެރެއާއި، މާލޭގެ މުހިންމު ސަރަހައްދުތަކެއް ސާފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން، އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަހައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަހައްދާއި، ހެދިގޮނޑުދޮށު ސަރަހައްދާއި، އަލިމަސް ކާނިވާ ސަރަހައްދުގެ އިތުރުން، މަސްވެރިންގެ ޕާކު ސަރަހައްދާއި، އެމްޕީއެލް ސަރަހައްދު އަދި ރަސްފަންނު ސަރަހައްދު ސާފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތުގައި ވަރަށް ގިނަ މިނިސްޓްރީތަކާއި ކުންފުނިތަކާއި މުއައްސަސާތައް ބައިވެރިވެފައިވެ އެވެ. އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި ދިވެހި ލޭންގްއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓްރީ އެވެ. އޭގެ އިތުރުން ބައިވެރިވާ އިދާރާތަކީ؛

  •  މާލޭ ސިޓީ ކައުންސިލް
  •  މިނިސްޓްރީ އޮފް އެޑިއުކޭޝަން
  •  މިނިސްޓްރީ އޮފް ޑިފެންސް
  •  މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
  •  މިނިސްޓްރީ އޮފް ހެލްތު
  •  އެމްޓީސީސީ
  •  އާސަންދަ ކޮމްޕެނީ ލިމިޓެޑް
  •  ސްޓެލްކޯ
  •  އެމްޑަބްލިޔުއެސްސީ
  •  ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
  •  ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
  •  މޯލްޑިވްސް ގޭސް
  •  ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗް
  •  ވަޒީފާއާ ބެހޭ ޓްރެބިއުނަލް
  •  މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް
  •  މީރާ
  •  ޓެކްސް އެޕީލް ޓްރަބިއުނަލް
  •  މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
  •  ރައްޔިތުންގެ މަޖިލީހުގެ އިދާރާ
  •  ވެމްކޯ

މި ހަރަކާތްތައް ކުރިއަށް ގެންދަނީ އިދާރާތައް އެކި ގުރޫޕްތަކަށް ބަހާލައިގެންނެވެ. އެގޮތުން ފަސް ގްރޫޕެއް ދަނީ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. މި ހަރަކާތުގައި އިދާރާތަކުގެ އިސްވެރިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.