ރައީސް ވަނީ އާއިލާއާއި އެކު މިއަދު ހެނދުނު ރަސްފަންނަށް ވަޑައިންގެންފަ އެވެ.
މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަލްޓަންޕާކާއި، ރަސްފަންނު ވީރާނާވަމުންދާ ދިއުން މި ސަރުކާރުން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް ވަނީ އާއިލާއާއި އެކު މިއަދު ހެނދުނު ރަސްފަންނަށް ވަޑައިންގެންފަ އެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ހާލަތު ފެނި ހިތާމަކުރައްވާ ކަމަށެވެ. އަދި އެ ދެ ތަންވެސް ވީރާނާވަމުންކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ތޮއްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ.
އެހެންކަމުން ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.
އަދި ލޮނުޒިޔާރަތް ޕާކު ވެސް އެބައޮތޭ.