ސްޓެލްކޯއިން ވަނީ މުޅިމާލޭން ކަރަންޓު ކެނޑުނުމަވެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަލުން ކަރަންޓު ދީފަ އެވެ.
މާލޭގެ މިއަދު ކަރަންޓު ކެނޑުނީ އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މުޅިމާލޭން ކަރަންޓު ދިޔަނަމަވެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ އިންޖިނޭރުންގެ މަސައްކަތުން ވަނީ އަލުން މާލެއަށް ކަރަންޓު ދީފަ އެވެ.
ސްޓެލްކޯ އިން ބުނީ މާލެއިން ކަރަންޓުގެ ހިދުމަތް ކެނޑުނީ އެކުންފުނީގެ މައި އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާ މި މައްސަލަ ހައްލުކޮށް މިހާރު މުޅިމާލެ އަށް ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށާއި ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ އެކުންފުނީގެ އެމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ކަރަންޓު ކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.