މޯލްޑިވިއަނުން ބުނެފައި ވަނީ ޓިކެޓް އަގު ބޮޑުކޮށްފައި ނުވާ ކަމަށާއި، އެއީ "ސިސްޓަމް އެރޯ" އަކުން ފެންނަމުންދާ އަދަދުތަކެއް ކަމަށެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެ، އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވެފައިވާ ކަމަށް ވެބްސައިޓުން ދައްކައިފި އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވެފައިވާ ކަމަށް ވެބްސައިޓުން ދައްކާފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު މޯލްޑިވިއަނުން ބުނެފައި ވަނީ ޓިކެޓް އަގު ބޮޑުކޮށްފައި ނުވާ ކަމަށާއި، އެއީ "ސިސްޓަމް އެރޯ" އަކުން ފެންނަމުންދާ އަދަދުތަކެއް ކަމަށެވެ.
މޯލްޑިވިއަނުން ބުނެފައި ވަނީ މި މައްސަލަ ހައްލު ކުރެވެންދެން ހޮޓްލައިން، 1671 އަށް ގުޅައިގެން ނުވަތަ އީމެއިލް ކޮށްގެން އެތެރޭގެ އުދުހުންތަކަށް ޓިކެޓް ނެގުމަށެވެ.
ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ވެބްސައިޓުން ދައްކާ ގޮތުގައި މިހާރު ހުރި އަގަށްވުރެ 100 ރުފިޔާ އާއި 200 ރުފިޔާ އާ ދެމެދުގެ އަދަދަކަށް އަގުތައް ހުރީ ބޮޑުވެފަ އެވެ.