"ޖޮއިން ދަ ހީރޯސް"ގެ ނަމުގައި މި ކެމްޕޭނު ފަށާފައި ވަނީ މޯލްޑިވިއަން ބްލަޑް ސާވިސް އަދި ބްލަޑް އެޕް ގުޅިގެންނެވެ. ފަސް މަސް ދުވަހަށް ކުރިއަށް ގެންދާ މި ގައުމީ ކެމްޕޭނު ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބަދުﷲ ނާޒިމް އެވެ.

މި ކެމްޕޭނު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ކެމްޕޭނުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ހާއްސަގޮތެއްގައި ރާއްޖެތެރެއާއި މާލޭގެ ހެލްތް ފެސިލިޓީ ތަކުން އިސް ދައުރެއް އަދާކުރާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ހުން ފަރާތްތަކަށް އަޅާލިމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ލޭ ބޭނުންވާ މީހުންނަށް އެކަށީގެންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެހެންކަމުން ލޭ ހަދިޔާކުރުމަށާއި ލޭ ރައްކާކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިސްވެ ލޭ ހަދިޔާ ކުރަނީ އެންމެ 35 ޕަސެންޓް މީހުން ކަމަށެވެ. އުންމީދަކީ އަދި އަމާޒީ އެ ނިސްބަތް އިތުރުވެގެން ދިއުން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
މި ކެންޕެއިން ނިންމާލާނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކަމަށްވާ، އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.