މާލޭގެ ޓްރާންސްފޯމަރު ވަގު ހޯދީ ސްޓެލްކޯ ކެމެރާ ފާރަވެރިން

ވައްކަން ކުރަން އުޅުނީ މާފަންނު މަދަރުސާ ކައިރީ ހުންނަ ޓްރާންސްފޯމަރު ސްޓޭޝަނަކުންނެވެ،. ވަގު ދެނެގަނެ ފުލުހުންނަށް އެންގުމުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

މާލޭގަ ހުންނަ ޓްރާންސްފޯމަރު ސްޓޭޝަނުން ރޭ ވައްކަން ކުރަން އުޅުނު ވަގު ފުލުހުން ހައްޔަރުކޮށް ބިޑީއަޅާފައި

މާލޭގައި ސްޓެލްކޯ އިން ގާއިމްކޮށްފައިވާ ޓްރާންސްފޯމަރު ސްޓޭޝަން ތަކަކީ ސަލާމަތީ ފިޔަވަޅު ވަރުގަދަ ތަންތަނެވެ،. ސަބަބަކީ އެތަންތަން ހަދާފައިވަނީ އެ ކުންފުނިން ކަމަށްވުމެވެ. މި ސްޓޭޝަން ތަނުގައި ސްކޯމް ސެންސަރު ހުރެ އެވެ. އަދި މި ތަންތަން 24 ގަޑިއިރު ބަލަހައްޓަމުން ގެންދެ އެވެ. ރޭ މާލޭގައި ހުންނަ ސްޓެލްކޯ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު ވަގު ހުއްޓުވުނީ އެހެންވެ އެވެ. - ސްޓެލްކޯ ކެމެރާ ފާރަވެރިންގެ ޓީމުން ވަނީ ވައްކަން ކުރަން އުޅުނު ވަގު ދެނެގަނެ ފުލުހުންނާ ހަވާލުކޮށްފަ އެވެ. 

ސްޓެލްކޯން ބުނީ ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި މި ކުންފުނީގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށްވަދެ ވައްކަމުގެ ޢަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާ އިން ފެނި ފުލުހުންނަށް އެންގުމާ ގުޅިގެން އެ ފަރާތް ވަނީ ހައްޔަރުކުރެވިފައި ކަމަށެވެ.

އެ ކުންފުނިން ބުނީ މާލޭގެ ސްޓޭޝަންތަކުން ވައްކަން ކުރަން އުޅުނު މީހާ ހޯދަން ފަސޭހަ ވެގެން ގޮސްފައިވަނީ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާ ކުރެވޭ ތަންތަން ވުމުންނެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ދިޔަވަހީގެ ސަބްސްޓޭޝަން ފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވެ އެވެ.

"މިރާ" އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި ހުންނަ ޓްރާންސްފޯމަރު ސްޓޭޝަންތަކަކީ އެހެން ކުންފުންޏަކަށް ހަވާލުކޮށްގެން ހުޅުމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ގާއިމް ކުރި ތަންތަނެވެ. މާލެ ސަރަހައްދުގައި ކަރަންޓު ދެނީ ސްޓެލްކޯ އިން ކަމަށްވާތީ މި ތަންތަން މެނޭޖުކުރަން އެ ކުންފުންޏަށް ހަވާލުވެފައިވަނީ އެވެ. ނަމަވެސް މި ތަންތަނަށް ބޭނުންވާ ވަސީލަތް ގާއިމް ކުރުމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަސާސީ ވަސީލަތް ގާއިމް ކުރާ ފަރާތަކުން ކުރަން ޖެހޭ ކަމެކެވެ.

އެ ކުންފުނިން ވަނީ މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެ ކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ. އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކޮށްފައިވެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ގިނަ އަދަދެއްގެ ޓްރާންސްފޯމަރު ސްޓޭޝަންތަކުން މީގެ ކުރިން ވައްކަން ކޮށްފައިވެ އެވެ. އަދި މި ތަންތަނަށް ލިބުނު ގެއްލުން މިލިއަނުން މަތިވެ އެވެ. މީގެ އިތުރުން މިތަނުން ވައްކަން ކުރަން އުޅެނިކޮށް މީގެ ކުރިން މީހަކު ކަރަންޓުގައި ޖެހިގެން މަރުވެސް ވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.