މި ރަސްމިއްޔާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، މި އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރު އިއުލާނުކޮށްފައިވެ އެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދި ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ޗެއާޕާސަން ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަހުލާގު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި، ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަހުލާގު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް
ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި، އިއްޔެ ބޭއްވި އެ ކްލަބްގެ އިފްތިތާހީ ޖަލްސާގައި ފަހުމީ ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިދިން ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށް ކަމަށެވެ.
"ވަރަށް ގިނަގުނަ ކާމިޔާބީތަކެއް ސްޓެލްކޯއަށް އޭރުގެ ރެކްރިއޭޝަން ކްލަބުން ހޯއްދަވައިދެއްވި ކްލަބެއް ކްލަބަކީ. އޭގެ އެންމެ ބޮޑު ފައިދާއެއް ކުރީ ކްލަބަކަށް ނޫން. އޭރުގަ ހިންގި ރެކްރިއޭޝަން ކްލަބް އަދި މިއަދުގެވެސް ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށް. އޭރުގަ އިސްވެރިން ވަރަށްބޮޑަށް ބާރުއެޅުއްވި ކަމެއް އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާ އަހްލާގު ވަކި ގޮތަކަށް ބައްޓަންކުރުން،" ފަހުމީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަދި ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕާސަން، އަބްދުﷲ ނާޒިރު ވިދާޅުވީ، އެސްއާރްސީ އަކީ ގައުމީ ފެންވަރުގެ، ހިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ، ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ.
"އެކިއެކި ދާއިރާތަކުގެ ވަރަށް ރަނގަޅު ގައުމީ ފެންވަރުގެ ކުޅުންތެރިން އަޅުގަނޑުމެންގެ މި މުވައްޒަފުންގެ ތެރޭގަ ވަނީ އުފެދިފަ. އުފައްދަވާފަ. އެހެންވީމަ ގައުމީ ފެންވަރުގަ ދިވެހިރާއްޖެ ބަލައިގަތް އަޅުގަނޑުމެންގެ ކުޅިވަރުގެ ހަރަކާތްތައް، ރެކްރިއޭޝަން ކްލަބް،" ނާޒިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މުވައްޒަފުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެސްއާރްސީގެ ހަރަކާތްތަކުގެ ތެރެއިން ކުރެވިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، މި އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރު އިޢުލާނުކޮށްފައިވެ އެވެ. އަދި ކްލަބްގެ ވެބްސައިޓާއި ލަވަވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހު ކޮށްފަ އެވެ. މީގެ އިތުރުން ކްލަބްގެ ހަރަކާތްތައް ޕްރޮމޯޓްކުރުމަށާއި، ކްލަބް ކުރިއެރުވުމަށް ކަނޑައަޅާފައިވާ މަންދޫބުންނާއި އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ފަރާތްތައް އިއުލާނުކޮށް، އެ ފަރާތްތަކަށް ވަނީ ސެޓްފިކް ހަވާލުކޮށްފަ އެވެ.
ކްލަބްގެ ހިންގުން ހަރުދަނާކޮށް، ކްލަބް ހިންގުމުގައި މެންބަރުންގެ ބައިވެރިކަން އިތުރު ކުރުމަށާއި، ކްލަބްގެ ހަރަކާތްތަކުގެ ތެރެއިން އެކިއެކި ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް އެމްބެސެޑަރުން ކަނޑައަޅާފައިވާއިރު، ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ވިމެންސް ވިންގް އުފައްދައި، އެ ވިންގްގެ އެމްބެސެޑަރުންވެސް މި ޖަލްސާގައި ވަނީ ކަނޑައަޅާފައެވެ.
އިއްޔެ ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިފްތިތާހީ ޖަލްސާގެ އިތުރުން ކްލަބްގެ އަހަރީ އާންމު ޖަލްސާވެސް ވަނީ ބާއްވާފަ އެވެ. މި ޖަލްސާގައި ކްލަބްގެ އައު ދިދަ، ލޯގޯ، ކުލަތައް އަދި ސްލޯގަން ވަނީ ފާސްކޮށްފަ އެވެ.