މައުމޫންގެ އެމްއާރްއެމް އުވާލައިފި

މިއަދުން ފެށިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަން މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ.

އެމްއާރްއެމްގެ އިސް ބޭފުޅުން: އެ ޕާޓީ މިއަދު ވަނީ އުވާލާފައި | މި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަަދަށް މެންބަރުން ހަމަވެފައިނުވާތީ މިއަދުން ފެށިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން ކުރީންވެސް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. ނަމަވެސް އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅަން އެ ޕާޓީން ކޯޓަށް ދިޔަ އެވެ. މައްސަލަ ނިމުނީ ވެސް އެ ޕާޓީގެ ކޮޅަށެވެ.

އޭގެ ފަހުން އޮގަސްޓް 25 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން އަލުން ނިންމާފަ އެވެ. 

އެމްއާރްއެމް އުފެއްދުން - އާ ސިޔާސީ ޕާޓީއެއް ހައްދަވާކަން މައުމޫން އިއުލާނު ކުރެއްވީ ޖަނަވަރީ 31، 2019 ގައެވެ. އަދި ފެބްރުއަރީ 10، 2019 ގައި އެމްއާރްއެމް އުފައްދަން ހުށައެޅި އެވެ.

އެ ހުއްދަ ކޮމިޝަނުން ދިނީ އޭގެ ނުވަ ދުވަސް ފަހުން ފެބްރުއަރީ 19، 2019 ގައެވެ.

ނަމަވެސް މައުމޫން ކުރީން އުފެއްދެވި ފަދަ -- ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފަދަ ވަރުގަދަ ޕާޓީއަކަށް އެމްއާރްއެމް ނުހެއްދެވުނެވެ. އެމްއާރްއެމް ގައި އިސްކޮށް ހުންނެވީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ. އެ ޕާޓީގެ މިހާރުގެ ރައީސަކީ ވެސް ފާރިސް އެވެ.

މެންބަރުން އިތުރުކޮށް ކާމިޔާބު ޕާޓީއަކަށް އެމްއާރްއެމް ހެދުމުގައި ފާރިސްއަށް ކާމިޔާބު ހޯއްދެވޭ ގޮތެއް ނުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.