"އޭގެ އިތުރުން ވެސް ގައުމުގެ ތާރީހު ހިމާޔަތް ކުރުމުގެ ސިޔާސަތަށް ބަލާއިރު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ، ޔުނިކް ކަމެއް ލިބިގެންވާ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް މީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ގައުމިއްޔަތު ތަރައްކޮށް ފުޅާ ކުރުމުގެ ސިޔާސަތުގެ ދަށުން ހއ. ތަކަންދޫއަކީ ވަރަށް ބޮޑު އިސްކަމަކާއި ސަމާލުކަމެއް ދެއްވާ ރަށެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. ގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ވަނީ ތަކަންދޫއަށް ވަޑައިގެންފަ އެވެ. އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށަކީ ތާރީހީ ގޮތުން މުހިންމު ރަށެއް ކަމަށާއި، ހިމާޔަތްކުރަން ޖެހޭ ތާރީހީ ތަރިކަ އެރަށުގައި އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި އެންމެ ބޮޑު ހިރިގަލުގެ ގަބުރުސްތާނު ހުރީ އެރަށުގައިވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ބަޖެޓުން ހަރަދުކޮށްގެން އެރަށުގައި ހުރި އަލިތަކުރުފާނުގެ ޒިޔާރަތާއި މިހެން ހުރި ތަންތަން ހިމާޔަތް ކުރުމަކީ އިސްކަން ދޭނެ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގެ އިތުރުން ވެސް ގައުމުގެ ތާރީހު ހިމާޔަތް ކުރުމުގެ ސިޔާސަތަށް ބަލާއިރު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ، ޔުނިކް ކަމެއް ލިބިގެންވާ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް މީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއަތޮޅު އުތީމުގައި ކުރިއަށް އޮތް ދެ އަހަރު ގައުމީ ދުވަސް ފާހަގަކުރުމުގެ މަޝްރޫއެއް ފެށި ނަމަވެސް، ތަކަންދޫއާއި ބާރަށް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
"ގައުމީ ދުވަސް ފާހަގަކުރުމަށް ވެސް، އަދި އޭގެ އިތުރަށް މިތަނުގަ މިހިރަ ތާރީހީ ތަންތަން، އެތަންތަނަށް ދޭންވާ އިސްކަން ދީގެން ބަޖެޓުން ހަރަދުކޮށް، އެތަންތަން ސަލާމަތްކޮށް، ރިނޮވޭޓްކޮށް، އޭގެ ހަގީގީ އައިޑެންޓިޓީއަށް އިޔާދަކޮށް، ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ހިންގުމަށް، އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ ކުދިންނަށް އަދި ޖުމްލަކޮށް ތާރީހު ދަސްކުރަން ބޭނުންވާ އަދި ދިރާސާ ކުރާ ކިޔަވާ ކުދިންނަށް ވެސް އޭގެ ނަފާ ލިބޭނެހެން ދެމެހެއްޓުން އެއީ އަޅުގަނޑުގެ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.
އާބާދީގެ ގޮތުން މަދުން މީހުން އުޅޭ ރަށެއް ނަމަވެސް، އެއީ ރަށުގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ތާރީހީ ތަރިކަ ރައްކާކުރުން ވެސް ހިމެނޭ ކަމަށާއި މިއީ ތަކަންދޫގައި ހެރިޓޭޖް ޓޫރިޒަމް ފެށުމަށް ވެސް ކުރެވޭނެ މުހިންމު އިންވެސްޓެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން މެނިފެސްޓީޯގަ އޮންނާނެ ވިޒިޓާ ޓޫރިޒަމް ކޮންސެޕްޓް ފުޅާ ކުރުން، ތާރީހާ ސަގާފަތަށް ލޯބިކުރާ ފަތުރުވެރިން ތިބޭ
"މިރަށުގަ މިހިރި ތަންތަން ރަގަޅު ގޮތުގަ ހިމާޔަތް ކުރެވުނީމަ، އަދި އެތަންތަނާ ބެހޭ ވާހަކަ ކިޔައިދެވޭނެ ގޮތެއް ގާއިމް ކުރެވިގެން ދިޔައިމަ އެކަން ވެގެންދާނެ އެތަންތަން ބަލައި، އޭގެއިން އެ ލިބޭ އިންސްޕިރޭޝަން ހޯދުމަށްޓަކައި އަންނަން ބޭނުންވާ ދުނިޔޭގެ ކަންކޮޅުތަކުގަ ތިބި ފަތުރުވެރިންނަށް ދެވޭ ވަރަށް ބޮޑު ފުުރުސަތަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ވެސް ތަކަންދޫގައި ލޯކަލް ޓޫރިޒަމް ކުރިއަރާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެކަން ފެށިއްޖެނަމަ ވެގެންދާނީ ދެކޮޅު ޖެހޭ އިންވެސްޓްމެންޓަކަށްކަން ވެސް ފާހަގަކުރެއްވި އެވެ.