އޭގެ ތެރޭގައި ހިމެނެނީ ވިއެޓްނާމްގެ ހަތަރު އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އެގައުމަށް ނިސްބަތްވާ ފިރިހެނެކެވެ. އެޖެންޓާއި އޭގެ ތެރެއިން ތިން އަންހެނަކު ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގަ އެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް ހިންގާ ހަރަކާތުގައި އިތުރު ބަޔަކު ހައްޔަރު ކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއާ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީ ފަސް މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ވިއެޓްނާމްގެ ހަތަރު އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އެގައުމަށް ނިސްބަތްވާ ފިރިހެނެކެވެ. އެޖެންޓާއި އޭގެ ތެރެއިން ތިން އަންހެނަކު ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގަ އެވެ.
އިމިގްރޭޝަނުން ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު އޭގެ ތެރެއިން އެއް އަންހެނަކު ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. ބާކީ ތިބި މީހުން ވެސް ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ފަށާފައިވާ ހާއްސަ އިންސްޕެކްޝަންތަކުގައި، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ގިނަ ބިދޭސީން ވަނީ އަތުލައިގެންފަ އެވެ. އަތުލައިގަންނަ ހުރިހާ ބިދޭސީން ވެސް ދަނީ ޑީޕޯޓް ކުރަމުންނެވެ. އަދި އެފަރާތްތަކުގެ ވަނަވަރު ވެސް އިމިގްރޭޝަނުން ދަނީ އާންމުކުރަމުންނެވެ.