ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުން ވެގެންނެވެ. ބެލެވޭ ގޮތުގައި ކުރިން ކޮންމެވެސް ބަޔަކު މަސައްކަތް ކުރުމުގެ ތެރޭގައި ކޭބަލް އޮތީ ހަލާކުވެފަ އެވެ. ކަރަންޓު ކެނޑުނީ ހަލާކެވެފައިވާ ތަނަށް ފެން އެޅިގެންނެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބަޔަކން ރޭ ކަރަންޓު ދިޔައީ އިރުއްސި މާގިނަ އިރުތަކެއް ނުވެ އެވެ. އޭރުވެސް ހުޅުމާލެއަށް ވިއްސާރަ ވެހެމުން ދިޔަ އެވެ. ހުޅުމާލެ ރުއްގަނޑު ސަރަހައްދު ކައިރީގައި ހުރި ގެތަނުން ކަރަންޓު ދިއުމާއެކު ސްޓެލްކޯ މުވައްޒަފުން ކަރަންޓު ދޭން މަސައްކަތް ފެށި އެވެ.
ވެހެމުން ދިޔަ ވިއްސާރާގެ ތެރޭގައި އަވަހަށް ސްޓެލްކޯގެ މުވައްޒަފުން ފެށި މަސައްކަތުން އެނގިގެން ދިޔައީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގެ ގެތަކުން ކަރަންޓު ދިޔައީ ކޭބަލަކަށް ގެއްލުން ވެގެންނެވެ.
ސްޓެލްކޯ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ބެލެވެ އެވެ.
ބެލެވޭ ގޮތުގައި ކޭބަލަށް ކުރިން އޮތީ ގެއްލުންވެފަ އެވެ. ކަރަންޓު ގޮސްފައިވަނީ ކޭބަލުން ހަލާކުވެފައިވާ ތަނަށް ފެން އެޅުމުން ޝޯޓް ވެގެނެނެވެ.
"ބައެއް ފަރާތްތަކުން މަސައްކަތް ކުރާއިރު ކޭބަލަށް ގެއްލުންވެފައި ހުރޭ. އެކަން ނުބުނޭ. މި މައްސަލަ ދިމާވަނީ ވިއްސާރަ ވުމުން،" އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯ މުވައްޒަފުން ވަނީ ކަރަންޓު ކެނޑުމާއެކު ވެހެމުން ދިޔަ ވިއްސާރާގައި ކަރަންޓު ދޭން ބުރަ މަސައްކަތް ތަކެއް ކޮށްފަ އެވެ.