ދޫކޮށްލި ތިން ސިފައިން ވަނީ އިސްރާއިލުން އެޅި ބޮންތަކުން އެމީހުން ސަލާމަތް ކުރަން ހަމާސްގެ ޒުވާން ހަނގުރާމަވެރިން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
ހަމާސްއިން ދޫކޮށްލި އިސްރާއިލްގެ އަސީރެއް އެ ގައުމަށްދާން ދެކޮޅު ހަދައި ފަލަސްތީނުގައި މަޑުކުރަން އެދުނުކަން ހާމަވެއްޖެ އެވެ.
ފަލަސްތީނުގެ ހަމާސް އާއި އިސްރާއިލްއާ ދެމެދު އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އިން ހުކުރު ދުވަހު ދޫކޮށްލި އިސްރާއިލްގެ އަސީރެއް ކަމަށްވާ އެމިލީ ދަމާރީ ވަނީ އޭނާ ހަމާސްގެ ބެލުމުގެ ދަށުގައި ބަަހައްޓަން އެދިފަ އެވެ. މި ހަބަރު ވަނީ އިސްރާއިލްގެ ނޫހެއް ކަމަށްވާ ޗެނަލް 13 އިން ޔަގީންކޮށްދީފަ އެވެ. އެމިލީ ހަމާސްގެ މުޖާހިދުންގެ ކިބައިން މިގޮތަށް އެދިފައިވަނީ އޭނާ ހަމާސްގެ ބެލުމުގެ ދަށުގައި ހެއްޓުމުގެ ބަދަލެއްގެ ގޮތުން އޭނާގެ އެކުވެރިއެއްގެ ބައްޕަ ހަމާސްއިން ދޫކޮށްލަން ޝަރުތުކޮށްފަ އެވެ. ނަމަވެސް ހަމާސް އިން ވަނީ އެކަން ގަބޫލު ނުކޮށްފަ އެވެ.
ހަމާސްއިން ދޫކޮށްލާ އިސްރާއިލްގެ އަސީރުންނާމެދު އަމަލުކޮށްފައިވާ ހެޔޮކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ވަނީ އިތުރުވެފަ އެވެ. އަދި އިސްރާއިލުން ޕްރޮޕެގެންޑާ ފަތުރަން މީގެ ކުރިން ދެއްކި އެއްވެސް ވާހަކައެއް ދެތުނޫންކަން ދުނިޔެއަށް ވަނީ ހާމަވެފަ އެވެ. އެންމެފަހުން ހަމާސްއިން ދޫކޮށްލި އިސްލާއިލްގެ ތިން ސިފައިންްނަށް ލާއިންސާނީ އަނިޔާކޮށް ރޭޕްކޮށްފައިވާ ކަމަށް ހުޅަނގުގެ ބޮޑެތި މީޑިއާތަކުން މީގެ ކުރިން ވަނީ ހަބަރު ފަތުރާފަ އެވެ. އަދި އެމީހުން އިސްރާއިލަށް އަންނައިރު ރަށްމެދަށް ވިހާފައިވާ ދަރިން ތިބޭނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ހަމާސް އިން އިއްޔެ ދޫކޮށްލި ތިން ސިފައިން ވަނީ އެމީހުންނާމެދު ހަމާސްގެ ގައްސާމް ބްރިގޭޑުގެ ޒުވާން ފަހުލަވާނުން އަމަލު ކުރި ގޮތާމެދު ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ. އެމީހުން ފަލަސްތީނުގެ ރައްޔިތުންނަށް ޝުކުރު އަދަކޮށް ނެރުނު ވީޑިއޯއެއްގައި ވަނީ ހަމާސްގެ މުޖާހިދުން އިސްރާއިލުން އެޅި ބޮންތަކުން އެމީހުން ސަލާމަތް ކޮށްދޭން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.